ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: IUL 10-F/10/2019/158
އިޢުލާން
މިއަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ކޮޅުމަޑުލު (ތ. އަތޮޅު) ވިލުފުށީގައި ބާއްވާ ރަސްމީ ޖަލްސާގެ ސްޓޭޖްގެ ކޮންސެޕްޓް. ބެކްޑްރޮޕް އަދި ޖަލްސާކުރާ ހޯލުން ބޭރުގައި ޓެންޓެއްޖަހައި، ސައުންޑާއި،ލައިޓް ތައްޔާރުކޮށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 ޑިސެންބަރު 2019 ވާ ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.