މަޑުއްވަރީ ސްކޫލް/ މ.މަޑުއްވަރީ
ދިވެހިރާއްޖެ
މ.މަޑުއްވަރީ ސްކޫލުގެ ކުލާސްރޫމްގައިޕާޓިޝަން ޖެހުން.

މަޑުއްވަރީ ސްކޫލް

މ.މަޑުއްވަރި

ދިވެހިރާއްޖެ                

                         ނަމްބަރ : GS–167/IUL/2019/25

މިސްކޫލުގައި 2 ޕާޓިޝަން ޖެހުމަށް ބޭނުންވެއްޖެއެވެ.

 

މި ސްކޫލުގެ  ކުލާސްރޫމް ބައިކުރުމަށް 2 ޕާޓިޝަން ޖެހުމަށް ބޭނުންވެއެވެ. ވީމާ މި ސްކޫލުންދޭ ކުރެހުމާއި އެއްގޮތަށް މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މައުލޫމާތު ދިނުމުގެ ސެޝަން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

ތަން

16 ޑިސެމްބަރ 2019 ވަނަ ދުވަހު 10:00

26 ޑިސެމްބަރ 2019 ވަނަ ދުވަހު 10:00

މ. މަޑުއްވަރީ ސްކޫލް

 

 

 

 

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

          މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

           މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. ޕޮއިންޓް ދެވޭ ގޮތުގެ ތަފުސީލު ބީލަން ތައްޔާރުކޮށް ހުށަހަޅާނެ ގޮތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 7952908 ނަންބަރަށެވެ.

1- މަސައްކަތުގެ އަގަށް                               60 ޕޮއިންޓް

2- މަސައްކަތް ނިންމާނެ މުއްދަތު                           30 ޕޮއިންޓް

3- މިފަދަ މަސައްކަތުގެ ތަޖުރިބާ                            10 ޕޮއިންޓް

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

08 ޑިސެންބަރު 2019
ހޯދާ