އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މެނޭޖަރ، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް (ގްރޭޑް 1)

މަޤާމް :މެނޭޖަރ، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް (ގްރޭޑް 1)
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް

ޑިޕާޓްމަންޓް

ކޯޕަރޭޓް ސާރވިސަސް

އަސާސީ މުސާރަ

-/11500ރ. (އެގާރަހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް

ދުވާލަކަށް  263/33ރ. (ދުއިސައްތަ ފަސްދޮޅަސް ތިންރުފިޔާ ތިރީސް ތިންލާރި)

ލިވިންގ އެލަވަންސް

-/3000ރ. (ތިންހާސް) ރުފިޔާ

ޕްރޮފެޝަނަލް އެލަވަންސް

މާސްޓާސް  ހާސިލްކޮށްފައިވާނަމަ -/2000 (ދެހާސް) ރުފިޔާ

ޑިގްރީ ހާސިލްކޮށްފައިވާނަމަ -/1000 (އެއްހާސް) ރުފިޔާ

އަސާސީ ޝަރުތު

  1. މަސައްކަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ  ހާސިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަސައްކަތުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. ވަޒީފާގެ މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް މަސައްކަތެއް ނުކުރުން
  2. ވަޒީފާގެ މަޞްލަޙަތު ފުށުނާރާފަދަ، މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  3. ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  5. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. އިންސްޓިޓީއުޓް އޮފް އޮޑިޓް އެންޑް އެޝުރަންސް އާއި، ސްޓޭކްހޯލްޑަރ ރިލޭޝަންސް ފަންކްޝަނުގެ މެންޑޭޓް ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހާކަންކަން ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން އެކުލަވާލުމާއި، އެކަން ތަންފީޒުކުރުން
  2. އޮފީހުގެ މުވައްޒަފުންނަށާއި އޮޑިޓް ޕްރޮފެޝަންގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ޓްރޭނިންގތައް ދެނެގަތުމަށްޓަކައި ކޮންމެ އަހަރަކު ޓްރޭނިނގް ނީޑްސް އެނާލިސިސް ހެދުން
  3. ޓްރޭނިންގ ނީޑް އެނަލިސްސްގެ މައްޗަށް ބިނާކޮށް، ކޮންމެ އަހަރެއް ފެށުމުގެ ކުރިން، ތަމްރީނު ކަލަންޑަރު އެކުލަވާލުން
  4. މުވައްޒަފުންނަށް ތަމްރީނު ފޯރުކޮށްދިނުމާއި ގުޅޭގޮތުން ބަޖެޓް ތައްޔާރު ކުރުމާއި، ހޭދަކުރުން
  5. އައި. އޭ.އޭގެ އެންމެހާ ޕޮލިސީތަކާއި، އެކަޑަމިކު ބޯޑުގެ ޔައުމިއްޔާތަކާއި،  ޓްރޭނިންގ ތަކުގެ ހާޟިރީ،  ޓްރޭނިންގ ފީޑްބެކް، ސެޓްފިކެޓް ދޫކުރާގޮތުގެ ރެކޯޑްސްތަކާއި، ޓްރޭނިންގގެ މެޓީރިއަލްސް ތަކާއި، ތަފާސް ހިސާބުތަށް ވަކި ނިޒާމެއްގެ ތެރެއިން ބެލެހެއްޓުން
  6. އައި.އޭ.އޭގެ ޕްރޮގްރާމްތަށް ހިންގައިދޭނެ، ފެސިލިޓޭޓަރުން ހޯދުމާއި، ތަމްރީނުދިނުމާއި،    ފެސިލިޓޭޓަރުންގެ ރެކޯޑްތައް ބެލެހެއްޓުން 
  7. އެކަޑެމިކް ބޯޑުގެ ބައްދަލުވުންތައް އިންތިޒާމުކޮށް އިދާރީ ގޮތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން، އަދި ބޯޑުގެ ނިންމުންތައް ތަންފީޒުކުރުމާއި، އަހަރު ނިމުމުން ރިޕޯޓް ނެރުން
  8. ލައިބްރަރީގެ އިންވެންޓްރީ ބަލަހައްޓާ، ލައިބްރަރީގެ ޚިދުމަތްދިނުމާއި ލައިބްރަރީގެ ޚިދުމަތް ފުޅާކޮށް، ތަރައްޤީ ކުރުމަށް މަސައްކަތް ކުރުން
  9. ޔުނިޓަށް ބޭނުންވާ އެސްއޯޕީ އަދި މެނުއަލްސް ފަދަ ލިޔެކިޔުން ތައްޔާރުކުރުކުރުން
  10. އައި. އޭ.އޭގެ ދިގުމުއްދަތުގެ ޕްރޮގްރާމްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަގުބޫލުކަމާއި، އެކްރެޑިޓޭޝަން ހޯދުން
  11. ގުޅުންހުރި އެހެނިހެން ތަމްރީނުދޭ ފަރާތްތަކާއި އެކު ގުޅުން ބަދަހިކޮށް، އެގުޅުމުގެ ތެރެއިން އައި.އޭ.އޭ ގެ ޚިދުމަތް ކުރިއަރުވާ ވަޞީލަތްތެރި ކުރުމަށް މަސައްކަތް ކުރުން
  12. އޮޑިޓަރ ޖެނެރަލް އޮފީހުގެ ސްޓޭކްހޯލްޑަރ ރިލޭޝަން އަދި ކޮމިއުނިކޭޝަން ޕޮލިސީ ތަންފީޒުކުރުން އަދި ސްޓޭކްހޯލްޑަރުންނާއި އޮންނަ ގުޅުން ކުރިއަރުވާ، ބަދަހިކުރުމަށް މަސައްކަތް ކުރުން
  13. ޕޯސްޓް އޮޑިޓް ސަރވޭ ކުރުމާއި، އޭގެ ނަތީޖާ ކަމާއިބެހޭ ފަރާތްތަކާއި ހިއްސާކުރުން
  14. އޮޑިޓް އޮފީހަށް ޝަކުވާ ހުށަހެޅޭނެ ފަސޭހަގޮތެއް ތަޢާރަފުކުރުން، އަދި އެ ޝަކުވާތަކަށް އަމަލުކުރާނެ ގޮތުގެ ޕޮލިސީއެއް އެކުލަވާލައި، ކަމާއި ބެހޭ ފަރާތްތަކާއި ހިއްސާކުރުން
  15. އޮޑިޓް ތަކުގައި އާއްމުންގެ ބައިވެރިވުމާއި ހިއްސާ އިތުރުކުރުމަށް މަސައްކަތް ކުރުން
  16. އޮފީހުގެ ރަސްމީ ވެބްސައިޓަށް ބޭނުންވާ، ޚަބަރާއި މަޢުލޫމާތު އަދި އެހެނިހެން ލިޔެކިއުންތައް ތައްޔާރުކުރުމާއި ވެބްސައިޓް އަދާހަމަކޮށް ބެލެހެއްޓުމުގައި އައިޓީ ޔުނިޓަށް އެހީތެރިވުން
  17. މިއޮފީހުގެ މަސައްކަތްތަކާއި ބެހޭ ޚަބަރުތަކާއި، މައުލޫމާތު ސޯޝަލް މީޑިޔާގައި ހިއްސާކުރުން އަދި އޮޑިޓް އޮބްޒާވަރ ނެރުން
  18. މަޢުލޫމާތު ދިނުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން ހިންގާ ތަންފީޒުކުރުން
  19. ޔުނިޓްގެ މަސައްކަތްތަކުގެ ރިޕޯޓްތަކާއި ތަފާސްހިސާބުތަށް ތައްޔާރުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).
  4. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ).
  5. ވަކި ފަރާތަކަށް ޚިދްމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
  6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.(މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް އަދި ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް.

ޓެކްނިކަލް އެސެސްމަންޓްތައް އަދި އިންޓަރވިއު، އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ހެދޭ އެސެސްމަންޓްތައް އަދި އިންޓަރވިއު އޮންނާނީ 26 ޑިސެންބަރު 2019 އާ 6  ޖަނަވަރީ 2020 ދެމެދު އޮޑިޓަރ ޖެނެރަލް އޮފީހުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚު ތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. އެސެސްމެންޓްތަކާއި ގުޅިގެން ކުރަންޖެހޭ މުއާމަލާތްތައް އީމެއިލްގެ ޒަރީޔާއިންވެސް ކުރެވޭނެއެވެ.

އެހެނިހެން

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންގެ ނަންތައް މިއޮފީހުގެ ވެބްސައިޓްގައި ޝާއިރުކުރެވޭނެއެވެ. އަދި ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  2. ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  3. މިމަޤާމަށް މުވަައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  4. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  5. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި

19 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް (ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ).

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ،  [email protected]  އެވެ.    

08 ޑިސެންބަރު 2019
ހޯދާ