ދިވެހިރާއްޖެ
އިޢުލާން
ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް އިމްޕޯޓުކޮށް ވިއްކަމުންގެންދާ ބޭހާއި ގުޅޭ
ރާއްޖެއަށް އިމްޕޯރޓުކޮށް ވިއްކާ އަދި ބޭނުންކުރާ ބޭހުގެ ފެންވަރު، ރައްކާތެރިކަން އަދި ބޭހުން ލިބިދޭ މަންފާ ދެނެގަނެ ކަށަވަރު ކުރުމަކީ މިއޮތޯރިޓީގެ ޒިންމާއެކެވެ. އަދި ބޭހުގެ ބާވަތްތައް ތަހުލީލު ކުރުމަށާއި އެތެރެކުރެވޭ ބޭހާއި ގުޅޭ ލިޔުންތަކުގެ ސައްޙަކަން ބެލުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެގޮތުން އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ތެރެއިން މިވަގުތު ރަޖިސްޓްރޭޝަން ފީއެއް ނަގަމުން ދަނީ ޕްރޮޑަކްޓްގެ ޑޮޒިޔާ ހުށަހަޅައިގެން ހަމަ އެކަނި ވަކިން ރަޖިސްޓްރީ ކުރެވޭ ބޭހުގެ ބާވަތްތަކަށެވެ. ވަކިން ރަޖިސްޓްރީ ކުރެވޭ ބޭހުގެ ބާވަތްތައް ފިޔަވައި އެޕްރޫވުޑް ޑްރަގް ލިސްޓްގައި ހިމެނޭ އެހެން ބޭސްތައް އެތެރެކުރުމަށް ފީއެއް ނަގަމުން ގޮސްފައިނުވެއެވެ.
އެހެންނަމަވެސް އެޕްރޫވުޑު ޑްރަގް ލިސްޓްގައި ހިމެނޭ އެހެން ބޭސްތައް އިންޕޯރޓްކުރުމަށް މި އޮތޯރިޓީއިން ހުއްދައެއް ދޫކުރަމުން ދާނެއެވެ. މިގޮތުން 2020 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ދޫކުރެވޭ ކޮންމެ ހުއްދައަކަށް -/7710 (ހަތްހާސް ހަތްސަތޭކަ ދިހަރުފިޔާ) ގެ ފީއެއް ނެގުމަށް ހަމަޖެހިފައިވާކަމަށް އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
މި އޮތޯރިޓީގެ ހުއްދަ އަކާއި ނުލާ ރާއްޖެއަށް ބޭސް އެތެރެ ކުރުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.
އިތުރު މައުލޫމާތު މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އިން ލިބިވަޑައިގަންނަވާނެ އެވެ.