ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މައިކަޕް ފުޓުބޯޅަ މުބާރާތް ހިނގަމުންދާއިރު ހުރަވީ ފުޓުބޯޅަ ދަނޑުގެ ޞަރަޙައްދުގައި ގާޑިޔާ ބެހެއްޓުން

     މައިކަޕް ފުޓުބޯޅަ މުބާރާތް ހިނގަމުންދާއިރު ހުރަވީ ފުޓުބޯޅަ ދަނޑުގެ ޞަރަޙައްދުގައި ގާޑިޔާ ބެހެއްޓުމުގެ ފުރުޞަތު ހުޅުވާލާފީމެވެ.

     ވީމާ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން  2019ޑިސެމްބަރު 09 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އަށް  އެކަމަށް އެދި މި އިދާރާއަށް ސިޓީ ހުށައެޅުއްވުން އެދެމެވެ.

     ސިޓީއާއެކު ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދައާއި، ގާޑިޔާ އޮންނާނެ ގޮތުގެ ކުރެހުން ހުށަހަޅަންވާނެއެވެ. އެލިޔުންތައް ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

     މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

05 ޑިސެންބަރު 2019
ހޯދާ