މަޤާމް:
|
ލީގަލް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-309926
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ލީގަލް ސަރވިސް ޕްރޮފެޝަނަލްސް
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް ހޯމްއެފެއާޒް /ލީގަލް ސެކްޝަން / ކ. މާލެ
|
މުސާރަ:
|
10,020.00 - 11,190.00ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު)
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
1. ބިލު، ގަވާއިދު، އުޞޫލު، އެއްބަސްވުން އަދި އެމް.އޯ.ޔޫ ޑްރާފްޓްކުރުން:
- މިނިސްޓްރީގެ ސެކްޝަން/ޔުނިޓްތަކުން ކުރާ މަސައްކަތްތަކާ ގުޅިގެން ޑްރާފްޓް ކުރުމަށް އެދޭ އެއްބަސްވުން/އެމް.އޯ.ޔޫ ތައް ޑްރާފްޓް ކުރުން.
- ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ ގަވާއިދު/އުޞޫލު، މިނިސްޓްރީން ތަންފީޛުކުރަމުންދާ ގަވާއިދު/އުޞޫލު ތަކަށް ގެންނަންޖެހޭ އިޞްލާހުތައް، އަދި މިނިސްޓްރީގެ އެކިއެކި ސެކްޝަންތަކުގެ މަސައްކަތްތަކާ ގުޅިގެން ހަދަން ޖެހޭ އިންޓަރނަލް އުސޫލުތައް ޑްރާފްޓް ކުރުން.
- ޑްރާފްޓް ކުރެވޭ ގަވާއިދު/އުޞޫލު ތަކުގެ ތެރެއިން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަންޖެހޭ ގަވާއިދު/އުޞޫލުތަކަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފާފުޅު ހޯދުމާއި ގެޒެޓުގައި ޝާއިޢު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މިނިސްޓްރީން އަލަށް އެކުލަވާލަންޖެހޭ ބިލުތައް އަދި މިނިސްޓްރީން ތަންފީޛުކުރަމުންދާ ޤާނޫނުތަކަށް ގެންނަން ފެންނަ އިޞްލާހުތައް ޑްރާފްޓް ކުރުމާއި، މި ބިލުތައް ނުވަތަ އިޞްލާޙުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން.
2. ބައިނަލް އަޤްވާމީ މުއާހަދާތަކާގުޅޭ:
- "ކޮންވެންޝަން އަގައިންސްޓް ޓޯޗަރ އެންޑް އަދަރ ކްރުއަލް، އިންހިއުމަން އޯރ ޑީގްރޭޑިނގް ޓްރީޓްމަންޓް އޯރ ޕަނިޝްމަންޓް" (ކެޓް) އާގުޅޭ ގޮތުން ދިވެހިރާއްޖެއިން އެކުލަވާލަންޖެހޭ ރިޕޯޓްތަކާއި އެސް.ޕީ.ޓީ ރެސްޕޮންސް ރިޕޯޓް ތައްޔާރު ކުރުމަށްޓަކައި، ކަމާގުޅޭ ފަރާތްތަކުން މަޢުލޫމާތު ހޯދާ ރިޕޯޓް ޑްރާފްޓްކުރުން.
- "ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު" ގެ އަޕްޑޭޓަށް ބޭނުންވާ މަޢުލޫމާތު މިނިސްޓްރީ އަދި މިނިސްޓްރީއާއި ގުޅުންހުރި ދާއިރާތަކުން ހޯދުން، އަދި އެ މަޢުލޫމާތުތައް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި ހިއްސާކުރުން.
- "އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައި.ސީ.ސީ.ޕީ.އާރު)" އާއި ގުޅިގެން ދިވެހިރާއްޖެއިން ޔޫ.އެން އަށް ހުށަހަޅަންޖެހޭ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު މިނިސްޓްރީ އަދި މިނިސްޓްރީއާއި ގުޅުންހުރި ދާއިރާތަކުން ހޯދުން، އަދި އެ މަޢުލޫމާތުތައް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި ހިއްސާކުރުން.
- ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ ތެރެއިން ސަރުކާރުގެ އެހެނިހެން ވުޒާރާތަކުގެ ބެލެނިވެރިކަމުގައިވާ މުއާހަދާތަކަށް މިނިސްޓްރީއާ މިނިސްޓްރީގެ ދާއިރާގެ އޮފީސްތަކުން ބޭނުންވާ މަޢުލޫމާތު، އެވުޒާރަތަކުން އެދިއްޖެ ޙާލަތެއްގައި ލިޔުމުން ފޯރުކޮށްދިނުން.
3. ބައިލެޓްރަލް އަދި މަލްޓިލެޓްރަލް އެއްބަސްވުން/އެމް.އޯ.ޔޫ ތަކާ ގުޅޭ:
- މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގެ މަސައްކަތްތަކާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާއި ދެމެދު ވުމަށް ތައްޔާރު ކުރެވޭ "ބައިލެޓްރަލް" އަދި "މަލްޓިލެޓްރަލް" އެއްބަސްވުން/ޓްރީޓީ/އެމް.އޯ.ޔޫ ތަކަށް މިނިސްޓްރީގެ ފަރާތުން ކޮމެންޓް ކުރުމާއި، އެޓަރނީ ޖެނެރަލްގެ އޮފީސް އަދި ކަމާގުޅޭ މުއައްސަސާތަކުގެ ކޮމެންޓް ހޯދުމާއި މިފަދަ އެއްބަސްވުން، ޓްރީޓީ ނުވަތަ އެމް.އޯ.ޔޫ ތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގެ މަސައްކަތްތަކާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާއި ދެމެދު ސޮއިކުރެވިފައިވާ "ބައިލެޓްރަލް" އަދި "މަލްޓިލެޓްރަލް" އެއްބަސްވުން، ޓްރީޓީ ނުވަތަ އެމް.އޯ.ޔޫ ތަކުގެ ދަށުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
- މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގެ މަސައްކަތްތަކާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާއި ދެމެދު ވުމަށް ތައްޔާރު ކުރެވޭ "ބައިލެޓްރަލް" އަދި "މަލްޓިލެޓްރަލް" އެއްބަސްވުން، ޓްރީޓީ ނުވަތަ އެމް.އޯ.ޔޫ ތަކާ ގުޅިގެން ބޭރު ޤައުމުތަކުގައި ބޭއްވޭ ބައްދަލުވުންތަކުގައި މިނިސްޓްރީގެ ފަރާތުން ތަމްސީލްކުރާ ޑެލިގޭޝަންގައި ބައިވެރިވުން.
4. ޤާނޫނީ ލަފާދިނުން:
- މިނިސްޓްރީގެ ޔުނިޓް/ސެކްޝަން އަދި މިނިސްޓްރީގެ ދާއިރާގެ އޮފީސްތަކަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.
5. ޤާނޫނުތަކުން ލާޒިމްކުރާ މަސައްކަތްތައް:
- ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލާފައިވާ "މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރަކަށް އެދުމުގެ ކުރިން ޢަމަލުކުރާނެގޮތުގެ އުޞޫލު" ގެ ދަށުން އުފައްދަވާފައިވާ "މޮނިކޮން އެޑްވައިޒަރީ ކޮމިޓީ" ގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމާއި ކޮމިޓީން ނިންމާ ކަންތައްތައް ތަންފީޛު ކުރުމަށްޓަކައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ޤާނޫނު ނަންބަރު: 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނު) ގެ ދަށުން ކަސްޓޯޑިއަލް ޖަލު، ރިމާންޑް ޖަލު އަދި އާންމު ޖަލުގެ ގޮތުގައި މިނިސްޓަރު ކަނޑައަޅުއްވާ ތަންތަނުގެ މަޢުލޫމާތު އާންމުކޮށް އިޢުލާން ކުރުން.
6. ކޮމެންޓް ކުރުން:
- ދައުލަތް/ސަރުކާރުގެ ވުޒާރާ ނުވަތަ އިދާރާތަކުން ފޮނުވާ ބިލު، ގަވާއިދު، އުސޫލު، އެއްބަސްވުން، އެމް.އޯ.ޔޫ އަދި އެހެނިހެން ޤާނޫނީ ލިޔުންތަކަށް ކޮމެންޓް ކުރުން.
7. އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދުން:
- މިނިސްޓްރީގެ ސެކްޝަންތަކުން ކުރާ މަސައްކަތްތަކާ ގުޅިގެން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދަންޖެހޭ ކަންތައްތަކުގައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިޔެ ލަފާ ހޯދުމާއި، މި ގޮތުން ލަފާ ލިބޭ ކަންތައްތަކުގައި ލީގަލް ސެކްޝަނުން ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް، އެ މަސައްކަތްތައް ކަމާގުޅޭ ސެކްޝަނާ ގުޅިގެން ކުރިއަށް ގެންދިއުން.
8. ފެސިލިޓޭޓްކޮށްދިނުން:
- މިނިސްޓްރީގެ މޭންޑޭޓްގައި ހިމެނޭ ކަންތައްތަކާ ގުޅިގެން މިނިސްޓްރީން ހިންގާ މަސައްކަތު ބައްދަލުވުންތަކުގައި ލީގަލް ސެކްޝަނުގެ ފަރާތުން ސެޝަން ނަގައިދިނުން.
- މިނިސްޓްރީގެ ދާއިރާއާއި ގުޅޭ ޤާނޫނާއި ގަވާއިދުތަކާއި މަސައްކަތު މާހައުލުގައި ހިގާ ކަންތައްތަކާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގެ އޮފީސްތަކުގެ މުވައްޒަފުން ހޭލުންތެރި ކުރުމަށްޓަކައި، ސެޝަންތައް ނަގައިދިނުން.
9. ސާކް އިންޓީރިއަރ މިނިސްޓަރުން އަދި ސެކްރެޓަރީންގެ ބައްދަލުވުމާގުޅޭ:
- ސާކް އިންޓީރިއަރ/ހޯމް މިނިސްޓަރުން އަދި ސެކްރެޓަރީންގެ ބައްދަލުވުންތަކާ ގުޅޭ މަސައްކަތްތައް ކުރާ މުވައްޒަފު ނެތް ހާލަތެއްގައި އެ މަސައްކަތްތައް ކުރުން.
10. އިދާރީ މަސައްކަތްތައް:
- ސެކްޝަނުގެ ކުރިއަށް އޮތް އަހަރުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސް ތައްޔާރުކުރުން.
- ސެކްޝަނުގެ ކުރިއަށް އޮތް އަހަރުގެ ލަފާކުރާ ބަޖެޓް އަދި ބަޖެޓް ތަފްޞީލް ތައްޔާރުކުރުން.
- ސެކްޝަނުގެ އެކްޝަން ޕްލޭން އަދި އެކްޝަން ޕްލޭން ޕްރޮގްރެސް ތައްޔާރުކުރުން.
- ޖެނުއަރީއިން ފެށިގެން ޖޫން މަހުގެ ނިޔަލަށް ސެކްޝަންގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ގޮތުގެ ތަފްޞީލް ޕްލޭނިންގ ސެކްޝަނުނއަންގާ ގޮތެއްގެ މަތިން ތައްޔާރުކޮށް ފޮނުވުން.
- ޖެނުއަރީއިން ފެށިގެން ޖޫން މަހުގެ ނިޔަލަށް ސެކްޝަންގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުން.
- ސެކްޝަނުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
11. އިތުރު މަސްޢޫލިއްޔަތުތައް:
- މިނިސްޓްރީގެ "އެޗް.އާރ.އެމް.ޑީ ކޮމިޓީ" އާއި "އިންޓަރވިއު ޕެނަލް"ގެ މެންބަރެއްގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ ޒިންމާ އަދާކުރުން.
- މިނިސްޓްރީން އިވެލުއޭޓް ކުރާ ބިޑުތައް އިވެލުއޭޓް ކުރުމަށް އެފަހަރަކު ނަގާ ކޮމިޓީގައި ހިމެނިއްޖެނަމަ، އެ މަސްއޫލިއްޔަތު އަދާކުރުން.
- "ޔޫ.ޕީ.އާރ ސްޓޭންޑިން ކޮމިޓީ" ގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.
- މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ދުވަސްތައް ފާހަގަ ކުރުމުގެ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ މަސައްކަތް ކުރުން.
- މިނިސްޓްރީގެ އެކި ސެކްޝަންތަކުން އަތޮޅު ތެރެއަށް ކުރާ ރަސްމީ ދަތުރުތަކުގައި ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި ދަތުރުތަކުގައި ބައިވެރިވުން.
- ރާއްޖެއިން ބޭރުގައި ބާއްވާ މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގެ މަސައްކަތްތަކާ ގުޅޭ ސެޝަންތަކާއި ކޮންފަރެންސްތަކުގައި ލީގަލް ސެކްޝަނުގެ ފަރާތުން ބައިވެރިވާންޖެހޭ ހާލަތްތަކުގައި މިނިސްޓްރީ ތަމްސީލްކުރާ ޑެލިގޭޝަންގައި ބައިވެރިވުން.
- މީގެ އިތުރުން މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި، ހުރިހާ މުވައްޒަފުން ޝާމިލުވާންޖެހޭ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.
- ސެކްޝަންގެ ލީގަލް އޮފިސަރ ޗުއްޓީ ނެގުމުން، ސެކްޝަންގެ ހެޑް އަންގާގޮތެއްގެ މަތިން އޭނާގެ މަސައްކަތް ވަގުތީގޮތުން ކުރުން.
|
މަޤާމުގެ ޝަރުޠުތައް
|
މަޤާމުގެ ނަން
|
މަޤާމުގެ ކްލެސިފިކޭޝަން
|
މަޤާމުގެ ރޭންކު
|
އަސާސީ ޝަރުޠު
|
އަސާސީ މުސާރަ
|
ސަރވިސް އެލަވަންސް
|
ލީގަލް އޮފިސަރ
|
ލީގަލް ސަރވިސް ޕްރޮފެޝަނަލްސް
|
CS9-5
|
ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ.އެސް.9-4 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.
|
11,190.00 ރުފިޔާ
|
3,600.00 ރުފިޔާ
|
CS9-4
|
ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ.އެސް.9-3 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.
|
10,800.00 ރުފިޔާ
|
3,600.00 ރުފިޔާ
|
CS9-3
|
ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ.އެސް.9-2 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.
|
10,410.00 ރުފިޔާ
|
3,600.00 ރުފިޔާ
|
CS9-2
|
ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރިޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
10,020.00 ރުފިޔާ
|
3,600.00 ރުފިޔާ
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މަރކްސްގެ ޖުމުލަ އިންސައްތަ، %40 (ސާޅީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނީ، 29 ޑިސެންބަރު 2019 އާއި 09 ޖަނަވަރީ 2020 އާ ދެމެދުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313325 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3324739 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|