ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ހިންގަމުންދާ ގްރީން ބިލްޑިންގ އިމާރާތާއި ގޯޑައުން އިމާރާތުގައި ހަރުކުރެވިފައިވާ ފަޔަރއެލާމް ސިސްޓަމް 2 އަހަރު ދުވަހަށް ސާވިސްކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)438-AU/2019/45 އިއުލާނުގެ މައުލޫމާތު ޝީޓަށް ގެނެވުނު ބަދަލަކާއި ގުޅިގެން މި އިއުލާން ބާތިލުކޮށް، ބީލަން ހުށައެޅުމުގެ ފުރުސަތު މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.
މި މަސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މައުލޫމާތު ޝީޓުގައި ދެވިފައިވާ މިންގަނޑުތަކަށެވެ. ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 12 ޑިސެމްބަރ 2019ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ތެރެއިން މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބަންދުކުރެވިފައިވާ ބީލަންތައް 12 ޑިސެމްބަރ 2019ވަނަ ދުވަހުގެ 11:00 އަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
ގްރީން ބިލްޑިންގ އަދި ގޯޑައުން އިމާރާތުގައި ހަރުކުރެވިފައި ހުރި ފަޔަރ އެލާމް ސިސްޓަމް މެއިންޓެއިންކޮށް ބެލެހެއްޓުން.
އިޢުލާނު ނަންބަރު: (IUL)438-AU/1/2019/47
އިތުރު މައުލޫމާތު ސާފްކުރެއްވުމަށް
ފޯނު: 3018317 960+ ، 3018316 960+ ފެކްސް: 3018301 960+
އީމެއިލް: [email protected]
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.