ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

`

ޖުޑީޝަލް އެކެޑަމީ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

މާލެ، ދިވެހިރާއްޖެ  

  

އިޢުލާން

ވަޒީފާގެ ފުރުޞަތު

ނަންބަރު:  198JA-C/2019/11

ތާރީޚް:  04 ޑިސެންބަރު 2019

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީއެސް 04

ޢަދަދު

01

މަސައްކަތް ކުރާން ޖެހޭ ތަން

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކެޑަމީ / ވިލިމާލެ

އަސާސީ މުސާރަ

-/5020 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %50

- ސަރވިސް އެލަވަންސް: -/1،500

- ލިވިންގ އެލަވަންސް: -/3,000

- ކަނޑައެޅިފައި ވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

 

1- 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢްލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ،

3- 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ،

4- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢްލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް

 

1. ޑިވިޜަނަށް އަންނަ ސިޓީތަކާއި މެމޯތައް ފަދަ ލިޔުންތަކަށް ޑިވިޜަންގެ ވެރިޔާގެ މަޝްވަރާއާއި ލަފާގެ މަތީން، ޖަވާބު ދިނުމާއި އެ ތަކެއްޗާ ގުޅިގެން އަޅާން ޖެހޭ ފިޔަވަޅުތައް އެޅުމާއި، ޑިވިޜަނުން އެކިއެކި ފަރާތްތަކަށް ފޮނުވާ ސިޓީތަކާއި އެފަދަ އެހެނިހެން ލިޔެކިޔުންތަކާއި ތަކެތީގެ ކަންކަން އިންތިޒާމު ކޮށް ބެލެހެއްޓުމާއި، މި ކަންކަމުގެ ރިކޯޑުތައް ފުރިހަމަޔަށް ބެލެހެއްޓުން.

2. ބިޔުރޯ އާއި އެކެޑަމީގެ ޑިވިޜަންތަކުގެ ބޭނުމަށް ޓަކައި ސްޓޮކުން ދޫ ކުރާން ޖެހޭ ތަކެތި ހޯދުމަށް ޓަކައި، ސްޓޮކުން މުދާ ނެގުމަށް އެދޭ ފޯމުގެ ޒަރީއާއިން ބިޔުރޯއިން ނުވަތަ ޑިވިޜަނަކުން އެދުމުން، ތަކެތި ދޫ ކުރުމުގެ އިންތިޒާމުތައް ބެލެހެއްޓުމާއި، މި ގޮތުން ސްޓޮކުން ދޫ ކުރެވޭ ތަކެތީގެ ރިކޯޑުތައް ފުރިހަމަޔަށް ބެލެހެއްޓުމާ ބެހޭ އިންތިޒާމުތައް ކުރުމާއި، ސްޓޮކް ޚަރަދު ކުޑަ ކުރުމާ ބެހޭ ސިޔާސަތުތައް ތަންފީޒު ކުރުން.

3. އެކެޑަމީގެ އޮފީސް އިމާރާތާއި ދަނާލާއި ކުތުބުޚާނާ ފަދަ ނުއުފުލޭ މުދާ ބެލެހެއްޓުމާއި، އެ ތަންތަނަށް ގެންނާން ކަނޑައެޅޭ ފަރުމާގެ ބަދަލުތައް ގެނައުމުގެ ކަންކަން ކުރުމާއި، އެކެޑަމީގެ ބޭނުމަށް ބިމާއި އާ އިމާރާތް ހޯދާން ޖެހޭ ހާލަތުތަކުގައި އެކަން ބެލެހެއްޓުން. 

4. އެކެޑަމީއަށް ހަރުމުދާ ހޯދުމުގެ ކަންކަމާއި ހަރު މުދަލުގެ ރަޖިސްޓަރީގެ ކަންކަން ބެލެހެއްޓުމާއި، ސްޓޮކަށް ތަކެތީ ހޯދުމާއި، ސްޓޮކް ބެލެހެއްޓުމުގެ އެންމެހައި ކަންތައްތަކާ އެކު ސްޓޮކަށް ތަކެތި ބަލައިގަންނަ ފޮތާއި، ސްޓޮކް ބާކީ ފަދަ ރިކޯޑުތައް އަދާހަމަކޮށް ބެލެހެއްޓުމުގެ އިންތިޒާމު ކުރުން. 

5. އެކެޑަމީގެ ދަނާލުގެ ކަންކަން އިންތިޒާމު ކޮށް ދަނާލުގެ ޚިދުމަތް ދިނުމުގެ ނިޒާމު އިންތިޒާމު ކޮށް ބެލެހެއްޓުމާއި، ދަނާލުގެ ބޭނުން ކުރާ ފަރާތްތަކުން ދަނާލުގެ ޚިދުމަތާ ބެހޭގޮތުން ކުރާ ޝަކުވާތަކާ ގުޅިގެން ބަލާން ޖެހޭ ކަންކަން ބަލައި ޑިވިޜަންގެ ވެރިޔާގެ ލަފާގެމަތީން ފިޔަވަޅު އެޅުމާއި، ދަނާލުގެ ރެކޯޑުތައް ފުރިހަމަޔަށް ބެލެހެއްޓޭނެ އިންތިޒާމުތައް ކުރުން.

6. އެކެޑަމީގެ އޮފީސް އިމާރާތާއި އެކެޑަމީގެ މަސައްކަތް ހިނގާ އެހެނިހެން ތަންތަނުގެ ސެކިޔުރިޓީގެ ކަންކަމާއި، އިމާރާތާއި ގޯތީގައި ހުންނަ ބަގީޗާތަކާއި ޕާކިންގ އޭރިޔާތައް ފަދަ ތަންތަން ބެލެހެއްޓުމުގެ އެންމެހައި ކަންކަމާއި، އެ ތަންތަނުގެ މަރާމާތާއި އާބާތުރަ ފިލުވައި ބެލެހެއްޓުމުގެ ކަންކަމާއި، ދުވަހުން ދުވަހަށް އެތަންތަން ފޮޅައި ސާފު ކުރުމާއި ކުނި އުކައިލުން ފަދަ ކަންކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން އިންތިޒާމު ކުރުމާއި، އެކަންކަން ބަރާބަރަށް ކުރިޔަށް ދޭތޯ ބަލައި ރަނގަޅު ކުރާން ޖެހޭ ކަންކަން ރަނގަޅު ކުރުން.

7. އެކެޑަމީގެ އޮފީހާއި ދަނާލާއި ކުތުބުޚާނާ ފަދަ ތަންތަން ހިންގާ އިމާރާތުގައި އަލިފާނުގެ ހާދިސާތަކުން ރައްކައުތެރި ވުމަށް ޓަކައި ގާއިމު ކޮށްފައި ހުންނަ ވަސީލަތްތަކުގެ ނިޒާމު އެކަށީގެންވާ ފެންވަރެއްގައި ހުރޭތޯ ބަރާބަރަށް ޗެކު ކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމުގައި ޑިވިޜަންގެ ވެރިޔާއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.  

8. އެކެޑަމީގައި ބޭނުން ކުރާ ފަރުނީޗަރާއި އައިސީޓީ ވަސީލަތްތައް ފަދަ ތަކެތީގެ ތެރެއިން އެއްޗެއް ބައު ވެގެން ނީލަމަށް ފޮނުވާން ނުވަތަ ނެއްތައިލާން ޖެހިއްޖެ ނަމަ، ކަމާގުޅޭ އުސޫލުތަކާ އެއްގޮތަށް އެ އެއްޗެއް ނީލަމަށް ފޮނުވުން ނުވަތަ ނެއްތައިލުމުގެ މަސައްކަތް އިންތިޒާމު ކޮށް ބެލެހެއްޓުން.

9. އެކެޑަމީގެ ޕްރޮގްރާމްތައް ހިންގުމަށް ޓަކައި ތަން ހޯދުމާއި ތައްޔާރު ކުރުމުގެ މަސައްކަތްތައް ކަމާބެހޭ ޑިވިޜަނުން އެދޭ ގޮތެއްގެ މަތީން ކުރުމާއި، ޕްރޮގްރާމްތަކުގައި ރިފްރެޝްމަންޓާއި ކެއުން ދޭ ގޮތަށް ހަމަޖެހިފައި ވާ ނަމަ، ޕްރޮގްރާމް ހިންގާ ޑިވިޜަނުން އެދޭ ގޮތެއްގެ މަތީން އެކަން އިންތިޒާމު ކުރުމާއި، ޕްރޮގްރާމްތައް ކުރިޔަށް ދާ ވަގުތުތަކުގައި ރިފްރެޝްމެންޓާއި ކެއުމުގެ ކަންތައް ހިނގާނުހިނގާ ގޮތް ބަލައި މޮނިޓަރ ކުރުން. 

10. އެކެޑަމީގެ ފަރާތުން އިންތިޒާމު ކުރާ ދަތުރުތަކާ ގުޅިގެން، ބިޔުރޯއިން ނުވަތަ ދަތުރު އިންތިޒާމު ކުރާ ޑިވިޜަނަކުން އެދޭ ގޮތެއްގެ މަތީން، ދަތުރު ކުރައްވާ ބޭފުޅުންގެ ލަގެޖް ގެންގޮސްގެނައުމާއި، ވީއައިޕީގެ ޚިދުމަތް ހަމަޖައްސާން ޖެހޭ ދަތުރުތަކުގައި ވީއައިޕީގެ ޚިދުމަތް ހަމަޖެއްސުމާއި، ދަތުރާ ގުޅިގެން ސެކިޔުރިޓީގެ ކަންކަން ހަމަޖެއްސުމުގެ ހުރިހާ ކަމެއް އިންތިޒާމު ކޮށް ބެލެހެއްޓުން. 

11. އެކެޑަމީގެ އޮފީސް އިމާރާތުގެ އެކިއެކި ތަންތަނުގައި  ބަހައްޓައިފައި ހުންނަ ނަންބޯޑުތަކާއި، ކަލަންޑަރާއި، މާވަށްޓާއި، އެއާރފްރެޝްނާ ފަދަ ތަކެއްޗާއި، ފާޚާނާތަކުގައި ހުންނަ ސައިބޯންޏާއި ސާފުކުރާ ސާމާނާއި، ގޮނޑިމޭޒާއި، ސޯފާ އާއި، ގަޑި އާއި، ބޯފެނުގެ ޚިދުމަތް ދޭ ވަސީލަތްތަކާއި، ފޮޓޯލޯގަނޑު ފަދަ ތަކެތީގެ ކަންކަން ބެލެހެއްޓުން.

12. އެކެޑަމީގައި ޖަލްސާކޮޓަރިތަކާއި އެ ތަންތަނުގައި ގާއިމު ކުރެވިފައި ވާ ވަސީލަތްތައް ބެލެހެއްޓުމާއި، އެ ތަންތަން ސާފު ކޮށް، ބައްދަލުވުންތައް ބޭއްވުމަށް އެކަށީގެން ވާ މާހައުލެއްގެ ގޮތުގައި ބޭއްވުމާއި، ބައްދަލުވުންތައް ކުރިޔަށް ގެންދިޔުމަށް ބޭނުން ވާ ވަސީލަތްތަކާއި ސައި ނުވަތަ ކޮފީ އާއި ބޯފެނުގެ ކަންތައް ހަމަޖެއްސުމާއި، ޖަލްސާ ކޮޓަރިތަކުގައި ހުންނާން ޖެހޭ އައިސީޓީ ވަސީލަތްތަކާއި ސާމާނާއި، ސްޓޭޝަނަރީޒާއި، ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގެ ކޮޕީތަކާއި، ކަލަންޑަރު ފަދަ ވަސީލަތްތައް ހަމަ ކޮށް ފުރިހަމަ ކުރުމާއި، ބައްދަލުވުން ނިމުމުން ޖަލްސާ ކޮޓަރީގެ އެއަރ ކަންޑިޝަނާއި ޕްރޮޖެކްޓަރާއި ބޮކިތައް ފަދަ ތަކެތި ނިވައިފައި ހުރިތޯ ބަލައި ޗެކު ކުރުމާއި، ޖަލްސާ ކޮޓަރިތަކުގައި ހުންނަ ވަސީލަތްތަކާއި ތަކެތި ބެލެހެއްޓުމުގެ ކަންކަން ކުރުން، އަދި ބައްދަލުވުންތަކަށް ޖަލްސާ ކޮޓަރި ދޫ ކުރާ ޝެޑިޔުލް ބެލެހެއްޓުން. 

13. އެކެޑަމީން ނެރޭ ޖާރނަލްތަކާއި ފޮތްތަކާއި އެކިއެކި ރިޕޯޓުތަކާއި ސެޓުފިކެޓު ފަދަ ތަކެތި ތައްޔާރު ކުރާ ޑިވިޜަނުން ތައްޔާރު ކޮށް، ސޮފްޓް ކޮޕީ ހަވާލު ކުރުމުން، އެ ޑިވިޜަނުގެ ލަފަޔާ އެކު އެ ތަކެތި ޗާޕަށް ފޮނުވައި ޗާޕު ކުރުވުމާއި، ޗާޕު ކުރެވޭ ތަކެތި ވިއްކުމާއި ބެހުމުގެ މަސައްކަތްތައް އިންތިޒާމު ކޮށް ބެލެހެއްޓުން. 

14. މަތީގައި ބަޔާން ކުރެވިފައި ވާ ކަންކަމުގެ އިތުރުން ވެސް، ރަސްމީ ހައިސިއްޔަތުން އަދި ވަޒީފާގެ ބާވަތުން ކުރާން ޖެހޭ ކަންކަން ޑިވިޜަންގެ ވެރިން އަންގަވާ ގޮތެއްގެ މަތީން ކުރުން.

 

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • މަސައްކަތުގައި ގިނަވަގުތު ހޭދަ ކުރެވޭނެ ފަދަ ފަރާތަކަށް ވުން.
  • ދިވެހިރާއްޖޭގެ އެކިއެކި ތަންތަނުގައި އެކެޑަމީން ހިންގާ ޕްރޮގްރާމްތަކާއި ގުޅިގެން  ރަށްރަށަށް ދަތުރުކުރުމުގައި ދަތިކަމެއް ކުރިމަތި ނުވާ ފަރާތަކަށް ވުން، އަދި ދަތުރުތަކުގައި ބައިވެރި ވެ ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަދަ ޞިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށް ވުން.
  • ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރި ފަރާތަކަށް ވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާ އެކު މުޢާމަލާތު ކުރާން އެނގޭ ފަރާތަކަށް ވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާ އެކު އެޑްވާންސްޑް ފެންވަރެއްގައި ބޭނުން ކުރާން އެނގޭ ފަރާތަކަށް ވުން.
  • ދައުލަތުގެ އިދާރާއަކުން ވަޒީފާއިން ވަކި ކޮށްފައި ވާ ފަރާތްތަކާއި، ބެކްގްރައުންޑް ޗެކް ކުރުމުން ފާސް ވާ ފަރާތަކަށްވުން.

ހުށަހަޅާން ޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް ކުރިމަތި ލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހައިފައި ވާ އަސްލުގެ ކޮޕީ)
  4. ލިބިފައި ވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހައިފައި ވާ އަސްލުގެ ކޮޕީ)
  5. މަޤާމަށް ކުރިމަތި ލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައި ވާ ކޯހެއް ފުރިހަމަ ކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާ އެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހައިފައި ވާ އަސްލުގެ ކޮޕީ)
  6. އަދާ ކޮށްފައި ވާ އަދި މިހާރު އަދާ ކުރާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު، އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހައިފައި ވާ އަސްލުގެ ކޮޕީ)

ސުންގަޑި

22 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ދިވެހިރާއްޖޭގެ ޖުޑީޝަލް އެކެޑަމީއަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވާން ޖެހޭ ވަޒީފާއަށް އެދޭ ފޯމު މި އެކެޑަމީގެ ރިސެޕްޝަނުންނާއި، މިއެކެޑަމީގެ ވެބްސައިޓް: www.judicialacademy.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނެ ނަންބަރު: 3396880
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާ އެކު ހުށަހަޅާން ޖެހޭ ލިޔުންތައް ކަމަށް މި އިޢުލާނުގައި ބަޔާން ކުރެވިފައި ވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައި ނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާ އިރު ހުށަހަޅާފައި ވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނެވުމަށް ދެންނެވީމެވެ.
       

 

04 ޑިސެންބަރު 2019
ހޯދާ