މަޤާމު:
|
މަސައްކަތު
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހިތަދޫ ކެމްޕަސް
|
ގްރޭޑް:
|
1
|
ސްޕައިން ޕޮއިންޓް:
|
1
|
މުސާރަ:
|
މަހަކު 3،549/22 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 1،521/09 ރުފިޔާ
|
އިނާޔަޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
މަގާމުގެ ޝަރުތު:
|
އަސާސީ ފެންވަރު
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އިމާރާތުގެ ގޯތިތެރެއާއި، ކިޔަވައި ދިނުމަށް ބޭނުންކުރާ ތަންތަނާއި، މަސައްކަތްކުރާ ޖަގަހަތަށް ފަދަ އިމާރާތުގައި ހިމެނޭ އެންމެހައި ތަންތަނާއި އަދި އިމާރާތުގައި ހަރުކޮށްފައިވާ ފަންކާއައި، ބިއްލޫރި އަދި ފަރނީޗަރ ފަދަ ތަކެތި ދެމެހެއްޓެނިވި ގޮތެއްގައި ހިރަފުސް ފޮޅައި ސިއްޙީ ގޮތުން އެކަށީގެންވާ މިންވަރަށް ސާފްކުރުން.
- ޙަވާލު ކުރެވިފައިވާ އޮފީސް ކޮޓަރިތަށް ސާފްކޮށް ވަށިގަނޑުތަށް އުކާލުން.
- ފާޚާނާތަށް ސާފުކޮށް ދޮވުން.
- ސާފުކޮށް ބަލަހައްޓަން ޙަވާލުކޮށްފައިވާ ތަންތަން ހަފްތާއަކު ތިން ފަހަރު މޮޕްލައިގެންސާފް ކުރުން.
- ސާފުކޮށް ބަލަހައްޓަން ޙަވާލުކޮށްފައިވާ ތަނެއްގައި ހަލާކުވެ ބޭނުން ނުކުރެވޭ ފަދަ ގޮތަކަށް ހުރި ކަމެއް ނުވަތަ އެއޗެއް ފެނިއްޖެނަމަ އެކަމެއް ކަމާބެހޭ މުވައްޒަފެއްގެ ސަމާލުކަމަށް ގެނައުން.
- ސައިކޮޓަރީގެ ތެރެއާއި މޭޒާއި ގޮނޑި ސިންކު ކަބަޑު ފަދަ ތަންތަން ރީތިކޮށް ސާފު ކުރުން.
- ފާޚާނާތަކުގައި ހުން ނަންޖެހޭ ކަރުދާހާއި ސައިބޯނި ފަދަތަކެތި ހަމަޔަށް ހުރޭތޯ ކަށަވަރުކޮށް ނެތް އެއްޗެއްނަމަ ހަމަކުރުން.
- ޢާންމުކޮށް މީހުން ނުވަންނަ ތަންތަން ހަފްތާއަކު އެއްފަހަރު ސާފުކުރުން.
- ކްލާސްތަކާއި، އިމްތިޙާންތަކާއި އަދި ސެމިނަރ ފަދަކަންކަން ހިންގުމަށް ބޭނުންވާ ތަންތަން ތައްޔާރުކުރުން.
- އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުމާއި އެކު މަސައްކަތްކުރުން.
- މިނޫންވެސް މަޤާމާ ގުޅޭގޮތުން ފެކަލްޓީން ޙަވާލުކުރާ ކަންތައްތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2019 ޑިސެންބަރު 11 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހިތަދޫ ކެމްޕަހަށް
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް. (މަތީގައި ދެންނެވުނު ލިޔުމަކީ އެ މުވައްޒަފު ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމަކަށްވުން )
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ، އެކްރިޑިޓް ކޮށްފައިވާ ސަނަދުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ,6885053 3345409 ނަމްބަރު ފޯނަށެވެ.
|