މުކުރިމަގު ސްކޫލް، ލ. ގަން
ދިވެހިރާއްޖެ
2020 ވަނަ އަހަރަށް ކުރަން ބޭނުންވާ މަރާމާތާއި ގުޅޭ

މި ސްކޫލުގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކުރަން ބޭނުންވެއްޖެއެވެ.

1. ހޯލް އިމާރާތް ( ޕާޓްޝަން ޖަހާފައިވާ 3 ކުލާސް ރޫމް ) ތަޅުން ރަގަޅުކޮށް މުށިޖެހުން އަދި އެތެރޭގެ ބޯޑަރ މުށިޖެހުން

2. އިމާރާތުގެ ދެ ފަރާތުގެ ބޭރު އަސްކަނި ތަޅުން ރަގަޅުކޮށް މުށިޖެހުން

3. އިމާރާތުގެ ފާރު ވެލިފައިބާފައިވާ ބައި ސިމެންތި ކޮށާ ސިމެންތި ޖެހުން

4. ހޯލް އިމާރާތުގެ ހުޅަގު ފަރާތާއި އިރުމަތީ ފަރާތުގެ ކުކުޅުވެހި ފައިބަރ ފިލާ ޖަހާ ސިމެންތި ފިލައިން ސީލިންގ ކުރުން

 

ވީމާ، މިމަސައްކަތްތައް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ އުސޫލުން ސްކޫލަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ދިނުމުގެ ބައްދަލުވުން

9 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހު 10:00 ( މުކުރިމަގު ސްކޫލްގައި )

އެސްޓިމޭޓް ބަލައިގަތުން

12 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހު 10:00 ( މުކުރިމަގު ސްކޫލްގައި )

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތުސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށަހަޅަންވާނެއެވެ.

މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަމައުލޫމާތަށްޓަކައި ދެންނެވީމެވެ.

މި މަސައްކަތްތަކަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)

ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އެހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

3 ޑިސެމްބަރ 2019

03 ޑިސެންބަރު 2019
ހޯދާ