މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުޞަތު:

 

މަޤާމު:   ޕްރީސްކޫލް ޓީޗަރ 

ބޭނުންވާ އަދަދު: 4 (ހަތަރެއް)

ވަޒީފާ އޮތް އޮފީސް:   ދޮންބަންޑާރައިން ޕްރީސްކޫލް/ ކ.ހުރާ

ގިންތި: ކޮންޓްރެކްޓް

މުއްދަތު: 1 (އެކެއް) އަހަރު

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:   ދޮންބަންޑާރައިން ޕްރީސްކޫލް/ ކ.ހުރާ

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

- ބޭބީ ނާސަރީ އަދި ނާސަރީ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކިޔަވައިދިނުމާ

ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް

ކުރުން.

 

މަޤާމާއި ގުޅޭ އިތުރު ތަފްސީލް ހޯއްދެވުމަށް މި އިޢުލާނުގައި އެޓޭޗް ކުރެވިފައިވާ އިޢުލާނުގެ ޕީ.ޑީ.އެފް ފައިލް 

ބެއްލެވުން އެދެމެވެ.

އިތުރު ޢިނާޔަތްތައް:

އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ އެލަވަންސް އަދި ރަމަޟާން މަހުގެ މުނާސަބަތުގައި ދެވޭ ޢިނާޔަތު

ފައިސާ ހަމަޖެހިފައިވާ ޢުސޫލުގެ ދަށުން ލިބިދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ފާއިތުވި އަހަރު ތަކުގައި ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި އުޅުއްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު           

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

 

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި:        

   މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ

ކުރިން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކޮށް މިއިރާއަށް ހުށައެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށައަޅާ ފޯމާއި

ލިޔުންތައް މިއިދާރާގެ މެއިލް: [email protected] އަށް ފޮނުއްވުމުންވެސް ބަލައިގަނެވޭނެއެވެ.

ހުށައަޅަންޖެހޭ ހުރިހާ ލިޔުމެއް ފުރިހަމަ ނުވާ ފޯމުތައް ބަލައިނުގަނެވޭނެއެވެ. ވަޒީފާއަށް އެދި ހުށައަޅާ ފޯމު މިއިދާރާގެ

ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

އިންޓަވިއު ކުރުން އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމުތަކަށް މީހުން ނެގުމަށް ބާއްވާ އިންޓަވިއުކުރުން އޮންނާނީ 17 ޑިސެމްބަރ 2019 އާއި 19 ޑިސެމްބަރ

2019 އާއި ދެމެދު ތާރީޚެއްގައި މާލެއަތޮޅު ހުރާ ކައުންސިލް އިދާރާގައެވެ.

 

      މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640074 ނަންބަރ ފޯނާއެވެ. މެއިލް

ކުރައްވާނީ [email protected] މެއިލް އެޑްރެހަށެވެ. ވީމާ  މިކަން ޢާންމުކޮށް އަންގާ އިޢުލާނު

ކުރީމެވެ.

03 ޑިސެންބަރު 2019
ހޯދާ