ބުރުނީ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުން

2020 ވަނަ އަހަރު  މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް، 2 ކޮޓަރި އާއި ސިޓިން ރޫމް އާއި ބަދިގެ (ކާގެ ހިމެނޭ ގޮތަށް)، ހުރިހާ ފަރުނީޗަރާއިއެކު ހުރި ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

  1. ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާފަރާތްތަކުން، 2019 ޑިސެމްބަރ 04 އިން 2019 ޑިސެމްބާރ 12 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  2. މިކަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  3. މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 15 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
  4. ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 22 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބުރުނީ ސްކޫލް

ތ.ބުރުނި

ފޯން:6780551

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

03 ޑިސެންބަރު 2019
ހޯދާ