ނަންބަރ: MTCC-HRAD/IU/2019/213
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
މާކެޓިންގ އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓަށް ބޭނުންވާ މަގާމުތައް
|
މަޤާމް:
|
ސީނިއަރ މާކެޓިންގ އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް – 6 މަސްދުވަސް
|
މުސާރަ އާއި އިނާޔަތްތައް:
|
- 15,655.00 – 12,374.00ރ. އާއި ދެމެދު.
- ކުންފުނީގެ އިތުރުގަޑީގެ ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ.
- ސްޓާފް މެޑިކަލް އިންޝުއަރެންސް.
- ޕެންޝަން ސްކީމް.
|
ވަޒިފާ އަދާކުރަންޖެހޭ ތަން:
|
އެމްޓީސީސީ ޓަވަރ
|
ޝަރުޠު:
|
- ބެޗްލާރސް ޑިގްރީ އިން މާރކެޓިންގ ނުވަތަ ބިޒްނަސް މެނޭޖްމަންޓް ހާސިލްކޮށްފައިވުމާއިއެކު މި ދާއިރާގައި މަދުވެގެން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
- މާރކެޓިންގ ސްޓްރެޓެޖީސް ތަރައްޤީކޮށް ފުޅާކޮށް ކުރިއަށް ގެންދިޔުމުގެ ތަޖުރިބާ އާއި ޤާބިލުކަންހުރުން އަދި ޓެކްނިކަލް މާރކެޓިންގެ ހުނަރު ލިބިފައިވުން.
- ބިޒްނަސް މެނޭޖްމަންޓް ގެ އުސޫލުތައް އެނގުމާއި އެކު ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯރޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
- އިގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
- ޓެކްނިކަލް ޕްރޮޑަކްޓްސް ތަކުގެ މަޢުލޫމާތު ދެނެގަތުމަށް ޝައުގުވެރިކަން ހުރުން.
- މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
- މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.
|
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް
|
- ޑިޕާރޓްމަންޓްގެ ލަނޑުދަޑިތައް ހާސިލްކުރުމަށް ބޭނުންވާ އެހީތެރިކަށް ފޯރުކޮށްދިނުން؛ ބިޒްނަސް ޑެވެލޮޕްމަންޓަށް ބޭނުންވާ ސްޓްރެޓެޖީސް ތަރައްޤީކޮށް ފުޅާކޮށް ކުރިއަށް ގެންދިޔުން؛ ކުންފުނީގެ ކުރިއެރުމަށް ބޭނުންތައް ދިރާސާކޮށް މާރކެޓިންގ ގެ މަސައްކަތް ރާވައި ހިންގުން.
|
ޓްރޭޑިންގ ޑިޕާރޓްމަންޓަށް ބޭނުންވާ މަޤާމުތައް.
|
މަޤާމް:
|
އެސިސްޓެންޓް ސޭލްސް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
|
މުސާރަ އާއި އިނާޔަތްތައް:
|
- 10,520.00 – 7,215.00ރ. އާއި ދެމެދު.
- ކުންފުނީގެ އިތުރުގަޑީގެ ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ.
- ސްޓާފް މެޑިކަލް އިންޝުއަރެންސް.
- ޕެންޝަން ސްކީމް.
|
ވަޒިފާ އަދާކުރަންޖެހޭ ތަން:
|
އެމްޓީސީސީ ކަށަވަރު
|
ޝަރުޠު:
|
- ޖީ.ސީ.އީ އޭ ލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ
- ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން މަދުވެގެން 4 މާއްދާއިން "ސީ" ފާހަށްވުރެ މަތިންލިބިފައިވުން.
- މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާ އަދި ގާބިލްހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
- ކަސްޓަމަރުންނަށް އިހުތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
- މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.
|
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް
|
ޑިޕާރޓްމަންޓް ގެ ސޭލްސް ގެ އެންމެހާ މަސައްކަތްކުރުން؛ ކަސްޓަމަރުންނަށް ޕްރޮޑަކްޓްސްތަކުގެ މަޢުލޫމާތު ފޯރުކޮށް ދިނުން އަދި ފަރުވާތެރިކަމާއިއެކު ދުވަހުން ދުވަހަށް ލިބޭ ސޭލްސް ބެލެހެއްޓުން.
|
މަޤާމް:
|
މާކެޓިންގ އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
ވަޒީފާގެ ބާވަތް:
|
- ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު
|
މުސާރައާއި ޢިނާޔަތްތައް:
|
- 12,924.35 – 8,958.00ރ. އާއި ދެމެދު.
- ކުންފުނީގެ އިތުރުގަޑީގެ ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ.
- ސްޓާފް މެޑިކަލް އިންޝުއަރެންސް.
- ޕެންޝަން ސްކީމް.
|
ވަޒިފާ އަދާކުރަންޖެހޭ ތަން:
|
- އެމްޓީސީސީ ޓްރޭޑިންގ ޑިޕާޓްމަންޓް، ހ. ސޯމިލް
|
ޝަރުޠު
|
- ޑިޕްލުމާ އިން މާރކެޓިންގ ނުވަތަ މަގާމާއި ގުޅޭ ދާއިރާއަކުން ޑިޕްލުމާ ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
- މާރކެޓިންގ ސްޓްރެޓެޖީސް ތަރައްޤީކޮށް ފުޅާކޮށް ކުރިއަށް ގެންދިޔުމުގެ ތަޖުރިބާ އާއި ޤާބިލުކަންހުރުން އަދި ޓެކްނިކަލް މާރކެޓިންގ އާއި ސެލިންގ ގެ ހުނަރު ލިބިފައިވުން.
- ބިޒްނަސް މެނޭޖްމަންޓް ގެ އުސޫލުތައް އެނގުމާއި އެކު ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯރޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
- މާރކެޓިންގ އަދި ސޭލްސް އެކްޓިވިޓީކަންކަމުގައި ރާއްޖެތެރޭގެ އެކި ރަށްތަކަށް ދަތުރުކުރެވޭނެ މީހަކުކަމުގައިވުން.
- ޓެކްނިކަލް ޕްރޮޑަކްޓްސް ތަކުގެ މަޢުލޫމާތު ދެނެގަތުމަށް ޝައުގުވެރިކަން ހުރުން.
|
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް
|
- ޑިޕާރޓްމަންޓްގެ ލަނޑުދަޑިތައް ހާސިލްކުރުމަށް ބޭނުންވާ އެހީތެރިކަށް ފޯރުކޮށްދިނުން؛ ބިޒްނަސް ޑެވެލޮޕްމަންޓަށް ބޭނުންވާ ސްޓްރެޓެޖީސް ތަރައްޤީކޮށް ފުޅާކޮށް ކުރިއަށް ގެންދިޔުން؛ ކުންފުނީގެ ކުރިއެރުމަށް ބޭނުންތައް ދިރާސާކޮށް މާރކެޓިންގ ގެ މަސައްކަތް ރާވައި ހިންގުން
|
ފައިނޭންސް ޑިޕާރޓްމަންޓަށް ބޭނުންވާ މަޤާމްތައް:
|
މަޤާމް:
|
އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު
|
މުސާރަ އާއި އިނާޔަތްތައް:
|
- 8,428.70 – 6,115.00ރ. އާއި ދެމެދު.
- ކުންފުނީގެ އިތުރުގަޑީގެ ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ.
- ސްޓާފް މެޑިކަލް އިންޝުއަރެންސް.
- ޕެންޝަން ސްކީމް.
|
އެހެނިހެން އެލަވަންސް/އިނާޔަތް :
|
ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފައިސާ / ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
|
ޝަރުޠު
|
- ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން މަދުވެގެން 2 މާއްދާއިން ފާސްވެފައިވުން.
- ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން މަދުވެގެން 5 މާއްދާއިން ފާސްވެފައިވުން.
- މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާ އަދި ގާބިލްހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
|
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް
|
- ޑިޕާރޓްމަންޓްގެ އެންމެހާ އިދާރީ މަސައްކަތްކުރުން އަދި މިކަންކަމުގެ ލިއެކިއުން ބެލެހެއްޓުމާއި ރިޕޯރޓް ތައްޔާރުކުރުން.
|
އިންޓަރވިއު:
|
- މަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއި އިންޓަރވިއު ކުރުން 09 ޑިސެމްބަރ އިން 12 ޑިސެމްބަރ 2019 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.
|
ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.
ވެބްސައިޓް: http://mtcc.com.mv/job-opening
ފޯން: 3001100/ 3001149 / 3001141
އީމެއިލް: [email protected]
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
- މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
- އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.
03 ޑިސެމްބަރ 2019