އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
އައި.ޓީ ތަކެތި ވިއްކުމަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުސަތު

އައި.ޓީ ތަކެތި ވިއްކުމަށް ކޯޓޭޝަން ހުށައެޅުން

މި ސްކޫލަށް ގަންނަށް ބޭނުންވާ މި ދަންނަވާ ތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޢަދަދު

ތަކެތި

03

ޓީވީ ސްޓޭންޑް

10

ވަޔަރލެސް ކީބޯޑް (ޓަޗްޕެޑާއެކު)

10

އެޗް.ޑީ.އެމް.އައި ކޭބަލް (5 މީޓަރުގެ)

01

އިލެކްޓްރިކް ޕްރޮޖެކްޓަރ ސްކްރީން

02

ސީލިންގ މައުންޓެޑް ޕްރޮޖެކްޓަރ ބްރަކެޓް

 

ކޯޓޭޝަން ހުށަހެޅުއްވުމުގެ ކުރިން މަޢުލޫމާތު ސާފުކުރައްވަންވާނެއެވެ. 2019 ޑިސެމްބަރ 02 އިން 2019 ޑިސެމްބަރ 05 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މަޢުލޫމާތު ކަރުދާސް މި ސްކޫލްން ލިބެން ހުންނާނެއެވެ. މީގެ އިތުރުން މި އިޢުލާނާއެކު ސަރުކާރުގެ ގެޒެޓްގައިވެސް މަޢުލޫމާތު ކަރުދާސް ހިމެނިފައި ވާނެއެވެ. ކޯޓޭޝަން ހުށައެޅުއްވުމުގެ ސުންގަޑިއަކީ 2019 ޑިސެމްބަރ 09 ވަނަ ދުވަހުގެ 10:00 އެވެ.

ކޯޓޭޝަން ހުށައަޅުއްވާ ފަރާތްތަކުގެ ތެރެއިން ތަކެތި ގަތުމަށް ކަނޑައެޅޭ ފަރާތުން 2019 ޑިސެމްބަރ 29 ގެ ނިޔަލަށް ތަކެތި ފޯރުކޮށްދެއްވަން ވާނެއެވެ. ތަކެތި ގަތުމަށް ކަނޑައެޅޭނީ ކޯޓޭޝަން ހުށައަޅުއްވާ ފަރާތްތަކުގެ ތެރެއިން، މި ސްކޫލްން ދޭ ސްޕެސިފިކޭޝަނާ އެއްގޮތަށް ނުވަތަ އެ ސްޕެސިފިކޭޝަނަށްވުރެ ދަށްނުވާ ގޮތަށް ތަކެތި ވިއްކުމަށް އެންމެ ދަށް އަގެއް ހުށައަޅުއްވާ ފަރާތެކެވެ.

02 ޑިސެންބަރު 2019
ހޯދާ