ދިވެހިރާއްޖެ
މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ލ.މާވަށު ގައި ތިރީގައިވާ ޚިދުމަތްތައް ދެއްވާނެ އޭޖެންޓެއް ބޭނުންވެއެވެ.
- ރަށުގެ އެޑްރެސްތަކަށް ރައްދުކުރަންޖެހޭ ސިޓީ، ޕާރުސަލްފަދަ ތަކެތި ރައްދުކުރުން.
- ސިޓީ، ޕާރުސަލް ޕޯސްޓް ކުރުމަށް ބޭނުންވާ ފަރާތަކަށް އެޚިދުމަތް ދިނުން.
- ރަށުގައި ޕޯސްޓް ކުރެވޭ ތަކެތީގެ ތެރެއިން ރަށްފިޔަވައި އެހެން ތަންތަނަށް އެޑްރެސް ކުރެވިފައިވާ ތަކެތި ކުންފުނީގެ ހެޑްއޮފީހަށް ފޮނުވުން.
- ޕޯސްޓް ކާރގޯގެ ގޮތުގައި ލިބޭ އަދި ފޮނުވާ މުދާ ޙަވާލުވެ، ފޮނުވުމާއި، ރައްދުކޮށްދިނުން.
- ސްޓޭމްޕް ވިއްކުން.
- ޕޯސްޓުން ފޯރުވައިދޭ އެހެނިހެން ޚިދުމަތް ފޯރުވައި ދިނުން.
އެޖެންޓްކަމަށް ހުށަހަޅުއްވާ ފަރާތުގެ ޝަރުތުތައް.
- ވިޔަފާރި ކުރާ ނުވަތަ ވިޔަފާރި ކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން. ނުވަތަ ރަށުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ ކައުންސިލް ފަދަ އިދާރާއެއް ކަމުގައިވުން.
- ބޭންކް އެކައުންޓެއް އޮންނަ ފަރާތެއްކަމުގައިވުން.
- ރަށު ކައުންސިލްތަކަށް އިސްކަންދެވޭނެއެވެ.
އުޖޫރަ.
މަހަކު -/ 500 (ފައްސަތޭކަ ރުފިޔާ) އޭޖެންސީ އުޖޫރަ
އަދި މީގެ އިތުރުން ޚިދުމަތުގެ ކޮމިޝަން ލިބޭނެއެވެ.
ހުށަހަޅަންޖޭހޭ ތަކެތި.
- ކައުންސިލް އިދާރާއެއްނަމަ: ރަސްމީ ލެޓަރހެޑްގަ ހުށަހެޅުއްވުން.
- ވިޔަފާރިކުރާ ފަރާތެއްނަމަ: ވިޔަފާރި ހުއްދަ ކޮޕީ އާއި ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ.
- ކްލަބް، ޖަމުޢިއްޔާ އަދި ކުންފުންޏެއްނަމަ: ރަޖިސްޓްރީ ކޮޕީ އަދި ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ
މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 09 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ސިޓީފޮނުއްވުން އެދެމެވެ. ސިޓީ ފޮނުވާއިރު ސިޓީއުރައިގެ ބޭރުގައި "އެޖެންޓްކަމަށް އެދި" މިހެން ޖައްސަވަންވާނެއެވެ. މާލެއިން ނަމަ ސިޓީ ހުށަހަޅުއްވާނީ ޕޯސްޓް ބިލްޑިންގ ގެ 4 ވަނަ ފްލޯރގެ އެޑްމިން ސެކްޝަނަށެވެ. އަދި އަތޮޅު ތެރެއިން ނަމަ މިކުންފުނީގެ ފެކްސް ނަމްބަރ 3321559 އަށް ފެކްސް ކުރެއްވުން އެދެމެވެ. އަދި އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.
މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މޮބައިލް ނަންބަރ 7966732 އަދި 7772916 އާ ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައި ގަންނަވާނެއެވެ.