ފޭދޫ ސްކޫލް/ސ.ފޭދޫ
ދިވެހިރާއްޖެ
ކެންޓީނު ހިންގާނެ ފަރާތެއް ހޯދުމާގުޅޭ

ކެންޓީނު ހިންގާނެ ފަރާތެއް ހޯދުމާގުޅޭ

މި ސްކޫލުގައި ކެންޓީނުގެ ޚިދުމަތް ދެވޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 

ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 04 ޑިސެމްބަރ 2019 ވަނަ ދުވަހު 11:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ސާފުތާހިރުކޮށް ތާޒާކަމާއެކު ކުދިންނަށާއި އަދި ޓީޗަރުންނަށް ޚިދުމަތް ދެވޭނެ ފަރާތްތަކާއި އަދި ވީހާވެސް ހެޔޮއަގެއްގައި ކެންޓީނުގެ ޚިދުމަތް ދެވޭނެ، މިދާއިރާގައި މިހާރުވެސް މަސައްކަތްކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6892546 އަށް ގުޅުއްވުން އެދެމެވެ.

04 ރަބީއުލްއާހިރު 1441

01 ޑިސެމްބަރ 2019

01 ޑިސެންބަރު 2019
ހޯދާ