ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް

އައްޑޫގައި ގާއިމްކުރެވޭ އައު ހޮސްޕިޓަލުގެ (އައްޑޫ އިކިއުޓޯރިއަލް ހޮސްޕިޓަލް) އިމާރާތުގެ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުމުގެ މަސައްކަތް 2 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ 2019 ޑިސެމްބަރ 8 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން މި ބީލަމާބެހޭ މައުލޫމާތު ސާފުކުރަށްވާ ފަރާތްތަކަށެވެ. މައުލޫމާތު ދިނުން އޮންނާނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 11 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 10:00 އެވެ.

ބީލަން ހުށަހަޅުއްވަން ވާނީ ސިޓީ އުރައެއްގައި ބަންދުކުރައްވާފައެވެ. ބީލަން ހުށަހަޅުއްވާއިރު ހުރިހާ ލިޔުމެއްގެ އަސްލާއިއެކު އިތުރު ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައި މިވާގޮތަށް އެޑްރެސް ކުރައްވަން ވާނެއްވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

އައްޑޫ ސިޓީ/ ދިވެހިރާއްޖެ

 

04 ރަބީއުލްއާހިރު 1441

01 ޑިސެމްބަރ  2019 

01 ޑިސެންބަރު 2019
ހޯދާ