މަޑިފުށީ ސްކޫލް، ތ. މަޑިފުށި
ދިވެހިރާއްޖެ
2020 ވަނަ އަހަރު ސްކޫލްގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާއިގުޅޭ:

2020 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ:

                   2020 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު (GS180/2019/128) އާއި ގުޅިގެން އެކަށިގެންވާ ވަރަށް އެސްޓިމޭޓް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެކަމަށްއެދި ހުޅުވާލަމެވެ.

                   މި ސްކޫލް ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި މިދަންނަވާ މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 02 ޑިސެންބަރ 2019 އިން 03 ޑިސެންބަރ 2019  އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް މި ސްކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.
  2. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 04 ޑިސެންބަރ 2019  ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 05 ޑިސެންބަރ 2019  ވާ ބުރާސްފަތި ދުވަހުގެ 10:30  ގައި މި ސްކޫލްގެ އިދާރީ އޮފީހުގައެވެ.
  4. ބިޑް ހުޅުވުން އޮންނާނީ 09 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 10:30 ގައި މި ސްކޫލްގެ  އިދާރީ އޮފީހުގައެވެ.
  5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް 02 ޑިސެންބަރ 2019 އިން 03 ޑިސެންބަރ 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް މި ސްކޫލްގެ އިދާރީ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.  
  6. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މަޑިފުށީ ސްކޫލް

ތ. މަޑިފުށި، ދިވެހިރާއްޖެ.

ފޯން: 7891060

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

01 ޑިސެންބަރު 2019
ހޯދާ