ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

މަޤާމް: 

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-314757

ބޭނުންވާ ޢަދަދު: 

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް: 

އީ.އެކްސް. 1

މަގާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރީޖަނަލް އެއަރޕޯޓްސް/ މާލެ'

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2,000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

އަސާސީ މުސާރައިގެ %35

އެހެނިހެން އެލަވަންސް:

ކޮމްޕިއުޓަރ ސައިންސް ދާއިރާ އިން ހާސިލް ކޮށްފައިވާ ސަނަދަށް ބެލުމަށްފަހު ޓެކްނިކަލް ކޯ އެލަވެންސް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޓެކްނިކަލް ކޯ އެލަވެންސް ގެ ގޮތުގައި މުސާރައިގެ %28 ލިބޭނެއެވެ. އަދި ޓެކްނިކަލް ކޯ އެލަވެންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/1100 ރުފިޔާ ލިބޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. ރީޖަނަލް އެއަރޕޯޓްސްގެ ޓެކްނިކަލް އެންޑް އައި.ޓީ، އެއަރސޭފްޓީ ސެކްޝަނުގެ މަސައްކަތްތައް އޮޕަރޭޝަންސް އެންޑް މެއިންޓެނަންސް ޑިވިޜަންގެ އިސްވެރިޔާގެ ލަފަޔާއި އިރުޝާދުގެދަށުން، ޤަވާއިދުތަކާއި އުޞޫލްތަކާ އެއްގޮތަށް ދުވަހުން ދުވަހަށްކޮށް ހިންގާބެލެހެއްޓުމާއި، ރީޖަނަލް އެއަރޕޯޓްސްގެ ބެލުމުގެދަށުން ހިނގަމުންދާ އެއަރޕޯޓްތަކުގެ އެއަރސޭފްޓީ އާއި ޓެކްނިކަލް އެންޑް އަދި އައި.ޓީގެ މަސައްކަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ ސްޓްރެޓިޖީތަކާއި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމާއި ލަނޑުދަޑިތައް ޙާޞިލްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  2. ރީޖަނަލް އެއަރޕޯޓްސްގެ ބެލުމުގެދަށުން ހިނގަމުންދާ އެއަރޕޯޓްތަކުގެ އެއަރސޭފްޓީ އާއި އައި.ޓީ ގެ އެންމެހާ މަސައްކަތްތައް އުޞޫލުތަކާއި އެއްގޮތަށް ކުރުމާއި، އަދި ރީޖަނަލް އެއަރޕޯޓްސްގެ ބެލުމުގެ ދަށުން ހިނގަމުންދާ އެއަރޕޯޓްތަކުގައި އެއަރސޭފްޓީ އަދި ޓެކްނިކަލް ދާއިރާގެ މަސައްކަތްތައް ކުރިއަށް ޕްލޭންކުރުމާއި، އެއަރޕޯޓްތަކުގެ ޚިދުމަތްތައް ކަނޑައެޅިފައިވާ މިންގަޑުތަކާއި އެއްގޮތަށް ހުރިތޯބެލުމަށް އެއަރޕޯޓްތަކުގައި ހަދަންޖެހޭ ރެގިއުލަރ އިނިސްޕެކްޝަންސްތައް ހެދުމާއި އިނިސްޕެކްޝަންތަކުގެ ފައިންޑިންގ ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރުވާ ހިންގާ ބެލެހެއްޓުން.
  3. ރީޖަނަލް އެއަރޕޯޓްސްގެ ދަށުންހިގަމުންދާ އެއަރޕޯޓްތަކާއި، އަދި ރީޖަނަލް އެއަރޕޯޓްގެ ފަރާތުން އެކިފަރާތްތަކާއި ޙަވާލުކޮށްގެން ހިންގާ އެއަރޕޯޓްތަކުގެ ޚިދުމަތްތައް އެކަމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯ ބެލުމަށް އެތަންތަނަށް ދިއުމާއި، އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި އައި.ކާ.އޯގެ ޤަވާޢިދުތަކާއި މިންގަނޑުތަކާއި އެއްގޮތަށް އެތަންތަނުގެ އެއަރސޭފްޓީގެ ކަންކަން ހިނގަމުންދޭތޯ ބަލައި އެތަންތަނުގައި އިސްލާޙު ކުރަންޖެހޭ ކަމެއްވާނަމަ، އެކަމެއް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން. އަދި އެކިފަރާތްތަކާއި ޙަވާލުކޮށްގެން ހިންގަމުންގެންދާ އެއަރޕޯޓްތަކުގެ ސެފްޓީގެ މިންގަނޑުތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް އެއަރޕޯޓް އޮޕަރޭޓަރުންނާއި ބައްދަލުކޮށް އެފަރާތްތަކަށް ދޭންޖެހޭ ލަފާދިނުމާއި، އަންގަންޖެހޭ އެންގުންތައް އެންގުން.
  4. ރީޖަނަލް އެއަރޕޯޓްސްގެ ބެލުމުގެދަށުން ހިނގަމުންދާ އެއަރޕޯޓްތަކުގެ ޓެކްނިކަލް އަދި އެއަރސޭފްޓީގެ ދާއިރާގައި ދިމާވާ މައްސަލަތައް ޙައްލުކުރުވުމާއި، އަދި އެތަންތަނުގެ މެޝިނަރީ އާއި އިކްއިޕްމަންޓްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، އެތަކެތި މަރާތްމާތް ކުރުވުމުގެ ކަންކަން ހިންގާ ބެލެހެއްޓުމާއި، އެމަސައްކަތްތައް ކުރުވުން.
  5. އޮފީހުގެ މަޤްޞަދުތަކާއި، ރާވާފައިވާ ސްޓްރެޓަޖީތަކުގެ ދަށުން މަސްޢޫލުވާ ސެކްޝަނުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ހަލުވިކަމާއެކީ، ނަތީޖާ ލިބޭފަދަ ގޮތެއްގައި ހިންގާ ބެލެހެއްޓުން. އަދި މަސައްކަތްތަކާއި ބެހޭގޮތުން ބައިވެރިވާންޖެހޭ ޖަލްސާތައް، ވޯރކްޝޮޕް ނުވަތަ މިފަދަ އެހެން ޕްރޮގްރާމްތަކަށް ހާޟިރުވެ އެފަދަ ޖަލްސާތަކުން ނިމޭ ކަންތައްތައް ވެރިންގެ ލަފަޔާއިއެކު ތަންފީޒުކޮށް ކުރިއަށް ގެންދިއުން.
  6. ރީޖަނަލް އެއރޕޯޓްސްއާއި، ރީޖަނަލް އެއަރޕޯޓްސްގެ ދަށުންހިނގާ އެއަރޕޯޓުތަކަށް ބޭނުންވާ ސިޔާސަތުތައް އެކަށައެޅުމުގައްޔާއި، ސިޔާސަތުތައް ތަންފީޒުކުރުމުގައި ބައިވެރިވެ ނަތީޖާ ޙާޞިލްކުރުމަށް މަސައްކަތްކުރުމާއި، އޮފީހުގެ މަޤްސަދުތަކާއި، ރާވާފައިވާ ސްޓެރެޓަޖީތަކުގެ ދަށުން އެއަރސޭފްޓީ އަދި ޓެކްނިކަލް ދާއިރާގައި ސެކްޝަނުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  7. ސެކްޝަންގެ އެންމެހާ މަސައްކަތްތައް ދަށުން މަސައްކަތްކުރާ މުވައްޒަފުންނާ ޙަވާލުކޮށް، މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުން. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރީޖަނަލް އެއަރޕޯޓްސްގެ ފަރާތުން ފޮނުވަންޖެހޭ ސިޓީތަކާއި އެކިއެކި ލިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރުވުމާއި ކުރުން އަދި އެފަރާތްތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް ކުރުން.
  8. ރީޖަނަލް އެއަރޕޯޓްސް އިން ފޯރުކޮށްދޭ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށާއި ޚިދުމަތްދޭ ފަރާތްތަކަށް ލުއި ފަސޭހަ، އަވަސް، ޚަރަދުކުޑަ ގޮތްތައް ހޯދައި ތައާރަފްކޮށް، އަދި އެކަންކަން އިތުރަށް ތަރައްޤީކުރުމަށް އޮފީހުގެ މަޤްޞަދުތަކާއި، ރާވާފައިވާ ސްޓްރެޓަޖީތަކުގެ ދަށުން މަސްޢޫލުވާ ސެކްޝަނުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ހަލުވިކަމާއެކީ، ނަތީޖާ ލިބޭފަދަ ގޮތެއްގައި ހިންގާ ބެލެހެއްޓުން.
  9. ޙަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު ތަކުގައި އެހީތެރިވުމާއި، އަދި އޮފީހުންކުރާ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  10. މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން އޮފީހުން އަންގާ މަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުތުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ އެއަރ ސޭފްޓީގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ އެއަރ ސޭފްޓީގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމްގެ ދާއިރާތައް

  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • އެއަރ ސޭފްޓީ

ތައުލީމީ ރޮނގުތައް

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ކޮމްޕިއުޓަރ ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/dv/downloads/7085 ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތީރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އާދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާ އަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ޙާސިލުކޮށްފައިވާތަޢުލީމާއި، ތަމްރީނަށް  %25
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް %25
  3. އިމްތިޙާން/ ޕްރެކްޓިކަލްސް އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް %50
  4. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %55 އަށްވުރެމަތިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، ރީޖަނަލް އެއަރޕޯޓްސް އަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް     ([email protected]) މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނީ، 10 ޑިސެމްބަރ 2019 އާއި 12 ޖަނަވަރީ 2019 އާ ދެމެދު، ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާގައެވެ. އެ ތާރީޚްތަކުގައި އިމްތިހާން، ޕްރެޒެންޓޭޝަން އަދި އިންޓަވިއު އަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން

 

މިވަޒީފާއަށް ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

 

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. އީމެއިލް ކުރާނީ ([email protected]) އަށެވެ.

28 ނޮވެންބަރު 2019
ހޯދާ