ޅ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ބައެއް ކްލާސްރޫމްތަކުގެ ކުޑަދޮރުތައް ދޮރުފަތާއި އެކު ބަދަލުކުރުން

އިޢުލާން

ބައެއް ކްލާސްރޫމްތަކުގެ ކުޑަދޮރުތައް ދޮރުފަތާއި އެކު ބަދަލުކުރުން

  މަތީގައި ދަންނަވާފައިވާ މަސައްކަތް މިމަރުކަޒުން ކުރަން ބޭނުންވެއްޖެއެވެ.  

  ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވިދާނެ ފަރާތްތަކުން 05 ޑިސެމްބަރ 2019 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގެންނެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގައިވާ ގޮތުން އާމްދަނީ ހޯދުމަށް މިފަދަމަސައްކަތް ކޮންޓްރެކްޓް އުސޫލުންކުރާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީގައި ގަވައިދުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެންބޭފުޅަކު ފޮނުއްވާނަމަ އެފަރާތެއްގެ ސިޓީއަކާއެކު ހުށަހެޅުއްވުމުން ޤަބޫލު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

28 ނޮވެމްބަރ 2019

28 ނޮވެންބަރު 2019
ހޯދާ