މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކުގެ ބަސްތަކުގައި ކަސްޓަމަރުންނަށް ހަނދާންނެތިގެން ބެހެއްޓިފައިވާ ތަކެއްޗާއި ގުޅޭ.

   މި ކުންފުނީގެ ފަރާތުން ހިންގަމުންދާ ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކުގެ ބަސްތަކުގައި ކަސްޓަމަރުންނަށް ހަނދާންނެތިގެން ބެހެއްޓިފައިވާ ގިނަ އަދަދެއްގެ ސާމާނު މި އޮފީހުގެ ލޮސްޓް އެންޑް ފައުންޑުގައި އެބަހުއްޓެވެ. ވީމާ މި ތަކެތީގެ ވެރިފަރާތްތަކުން މި ޢިއުލާން ކުރެވޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މިތަކެތި ބަލައި ބަސް ޓާރމިނަލަށް ރަސްމީ ގަޑީގައި ދުރުވެދެއްވުން އެދެމެވެ. އަދި ތަކެތި ބަލައި ދުރުވާއިރު އައި.ޑީ ކާޑު ހިއްޕަވައިގެން ދުރުވުން އެދެމެވެ.  

   އަދި ދަންނަވަމެވެ. މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، މި އޮފީހުގެ ހޮޓްލައިން ނަންބަރު 3029339 ފޯނަށް ގުޅުއްވުން އެދެމެވެ.

   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

   ނޯޓް: ލޮސްޓް އެންޑް ފައުންޑުގައި ހުރި ތަކެތީގެ ލިސްޓް އެޓޭޗް ކުރެވިފައި.

 
27 ނޮވެންބަރު 2019
ހޯދާ