ނާލާފުށީ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

           01 ޖެނުއަރީ 2020 އިން ފެށިގެން 31 ޑިސެމްބަރ 2020 އަށް މިސްކޫލުގެ ސެކިއުރިޓީ ބެލެހުއްޓުމަށް     14 ނޮވެމްބަރ 2019 ގައި ކުރި އިޢުލާނު ނަންބަރ Gs163/2019/18 އަށް އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުކުރުމަށް ބޭފުޅުން ހާޒިރުވެފައި ނުވާތީވެ އެއިޢުލާނު ބާތިލްކޮށް އަލުން އިޢުލާނު ކުރަމެވެ.  

             

ވީމާ، ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 05 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ޑިސެމްބަރ 2019 ވާ އަންގާރަ  ދުވަހުގެ 13:30 އަށް  ބީލަން ހުށައެޅުއްވުން އެދެމެވެ.

            

 

  މިމަސައްކަތަށް އަންދާސީހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

  މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލްގެ ނަމްބަރ 7952907 ފޯނާ ގުޅުއްވުން އެދެމެވެ.

             29 ރަބީޢުލްއައްވަލް 1441

              26 ނޮވެމްބަރ 2019

26 ނޮވެންބަރު 2019
ހޯދާ