ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފެއަރ ޓްރޭޑު ޕްރިމިއަމް ޕްލޭންގެ ޙަރަކާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
މިއިދާރާގެ ނަންބަރު (IUL)248-ED/248/2019/119 ( 20 ނޮވެންބަރު 2019 ) ގެ އިޢުލާނުން އިހަވަންދޫ މަސްވެރި ދޯނިތަކާއި ގުޅިގެން އުފައްދާފައިވާ ފެއާރ ޓްރޭޑު ޕްރިމިއަމް ޕްލޭންގެ ޙަރަކާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފީމެވެ.
ވީމާ، އެ ޙަރަކާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2019 ޑިސެމްބަރު 08 ވާ އާދިއްތަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުއްވުމަށް ދެންނެވީމެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަކަށްލައި ބަންދުކޮށް ކޮން ޙަރަކާތަކަށް އެދި ހުށަހަޅާ ޕްރޮޕޯސަލްއެއްކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
27 ނޮވެންބަރު 2019
ހޯދާ