ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ
ދިވެހިރާއްޖެ
"ކޯޓު އޮފިސަރުންގެ ޓްރޭނިންގ ޕްރޮގްރާމް" ގެ ކޭޓަރިންގެކަންކަން މެނޭޖްކޮށް، އެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމާގުޅޭ

` 

ޖުޑީޝަލް އެކެޑަމީ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

މާލެ، ދިވެހިރާއްޖެ

 

                                                   ނަންބަރު: 198JA-C/2019/10 

 

 

އިޢުލާން

"ކޯޓު އޮފިސަރުންގެ ޓްރޭނިންގ ޕްރޮގްރާމް" ގެ ކޭޓަރިންގެކަންކަން މެނޭޖްކޮށް،

އެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމާގުޅޭ

            މި އެކެޑަމީގެ ނަންބަރު 198JA-C/2019/09 (ނޮވެންބަރ 19, 2019) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާޒީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، "ކޯޓުއޮފިސަރުންގެ ޓްރޭނިންގ ޕްރޮގްރާމް" މި ނަމުގައި ޖުޑީޝަލް އެކެޑަމީ އިން ޓްރޭނިންގ ޕްރޮގްރާމެއް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، މި ޓްރޭނިންގ ޕްރޮގްރާމުގެ ބައިވެރިންނަށް ކޭޓަރިންގ ގެ ކަންކަން މެނޭޖްކޮށްދީ، އެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ނޮވެންބަރު 28 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޑިސެންބަރ 01 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް  އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށްހަމަޖެހިފައިވާ ދުވަހު ގަޑިއަށްހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ރަބީޢުލްއައްވަލު 1441

27 ނޮވެންބަރު 2019

27 ނޮވެންބަރު 2019
ހޯދާ