މަޑުއްވަރީ ސްކޫލް/ މ.މަޑުއްވަރީ
ދިވެހިރާއްޖެ
2020 ވަނަ އަހަރުގެ ދިރާސީ އާއަހަރު ފެށުމުގެ ކުރިން ސްކޫލުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮއްދޭނެ ފަރާތެއް ހޯދުން

 

މަޑުއްވަރީ ސްކޫލް

މ.މަޑުއްވަރި 

ދިވެހިރާއްޖެ

ނަމްބަރ : GS–167/IUL/2019/24

 

2020 ވަނަ އަހަރުގެ ދިރާސީ އާއަހަރު ފެށުމުގެ ކުރިން ސްކޫލުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮއްދޭނެ ފަރާތެއް ހޯދުން

 

އިއުލާން

މިސްކޫލުގައި މިދަންނަވާ މަރާމާތުކުރުމަށް ބޭނުންވެއްޖެއެވެ.

މިސްކޫލުން ދޭމަޢުލޫމާތާ އެއްގޮތަށް ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮއްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.

1-     3 ވަނަ ބްލޮކް އިމާރާތުގެ ޓިނުބަދަލުކުރުން

2-     ފާހާނާގެ ދޮރުބަދަލުކުރުމާއި، ރާނާ ސިމެންތިޖެހުން

3-     1 ކުލާސްރޫމުގައި ޓައިލްސްޖެހުން

4-     3 ވަނަ ބްލޮކް އިމާރާތުގެ ކޮޅުބިއްކޮށައި އަލުން ސިމެންތިޖެހުން

5-     3 ގޭޓުގެ އޮޅިގަނޑު އެޅުން

 

މައުލޫމާތު ދިނުމުގެ ސެޝަން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

ތަން

5 ޑިސެމްބަރ 2019 ވަނަ ދުވަހު 10:00

17 ޑިސެމްބަރ 2019 ވަނަ ދުވަހު 10:00

މ. މަޑުއްވަރީ ސްކޫލް

 

   މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

    މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

    މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. ޕޮއިންޓް ދެވޭ ގޮތުގެ ތަފުސީލު ބީލަން ތައްޔާރުކޮށް ހުށަހަޅާނެ ގޮތުގެ މައުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 7952908 ނަންބަރަށެވެ.

 

 1- މަސައްކަތުގެ އަގަށް                           60 ޕޮއިންޓް

 2- މަސައްކަތް ނިންމާނެ މުއްދަތު                       20 ޕޮއިންޓް

 3- މިފަދަ މަސައްކަތެއް ކުރެވިދާނެ ކަމުގެ މާލީ ޤާބިލުކަމަށް             10 ޕޮއިންޓް

 4- މިފަދަ މަސައްކަތުގެ ތަޖުރިބާ                        10 ޕޮއިންޓް

         

         ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

27 ނޮވެންބަރު 2019
ހޯދާ