ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން

ބިން ކުއްޔަށް ދޫކުރުން.

 

ނިލަންދޫ ދަރުމަވަންތަ މަގާއި ރަބީޢުގޯޅިއާއި ގުޅޭ އިރު އުތުރު ކަންމައްޗަށްވާގޮތަށް ނިލަންދޫ އާވެހި އަޙްމަދު ޢުމަރު ވިޔަފާރި ކުރުމަށާއި ހޮޓާހިންގުމަށް ދޫކޮށްފައިވާ، 1,711.18 (އެއްހާސް ހަތްސަތޭކަ އެގާރަ ޕޮއިންޓް އެކެއް އަށެއް) އަކަފޫޓުގެ ބިމުގެ މުއްދަތު ހަމަވެފައިވާތީ އެ ބިން ކުއްޔަށް ދޫކުރާގޮތަށް ހަމަޖައްސައިފީމެވެ. މި ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ 10 (ދިހައެއް) އަހަރެވެ.

މި ބިމުގެ ކުއްޔަށް ހުށަހެޅޭނެ އެންމެ ކުޑައަގަކީ އަކަފޫޓަކަށް މަހަކު 70 (ހަތްތަރި) ލާރިއެވެ.

މި ބިން ދޫކުރާނީ އެންމެ މަތިން މާކުސް ލިބޭ ފަރާތަކަށެވެ. މާކުސް ދިނުމަށް ހަމަޖެއްސިގޮތް ތިރީގައި ދަންނަވާފައި އެވަނީއެވެ.

  1. އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް:                            45% އިންސައްތަ.
  2. މިބިން ތަރައްޤީ ކުރުމަށް ކޮށްފައިވާ އިންވެސްޓްމަންޓަށް:                  30% އިންސައްތަ.
  3. މި ބިން އިތުރަށް ތަރައްޤީކުރުމަށް ކުރަން ހަމަޖައްސާ އިންވެސްޓްމަންޓަށް:       10% އިންސައްތަ.
  4. އިންވެސްޓްމަންޓުގެ ސަބަބުން ރަށުގައި ދިރިއުޅޭ މީހުންނަށް ލިބޭނެ މަންފާތަކަށް:   5% އިންސައްތަ.
  5.  ތަޖުރިބާއަށް:                                           10% އިންސައްތަ.

 

މި ބިމާބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން 2019 ޑިސެންބަރު 4 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.

 

ވީމާ، މި ބިން ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ބޭފުޅުން، "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2019 ޑިސެންބަރު 11 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ބީލަން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ.

ބިން ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ބީލަން ފޯމު، މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް (fb id: Faafu Nilandhoo Council Idhaaraa) އެ ލިއުންތައް ނެގެން ހުންނާނެއެވެ.

 

29 ރަބީޢުލްއައްވަލު 1441

26   ނޮވެންބަރު  2019

26 ނޮވެންބަރު 2019
ހޯދާ