ނާލާފުށީ ސްކޫލް
ދިވެހިރާއްޖެ
ކުޑަދޮރުތައް އެލްމެނިއަމް ދޮރަށް ބަދަލުކުރުން.

ކުޑަދޮރުތައް އެލްމެނިއަމް ދޮރަށް ބަދަލުކުރުން.

              މިސްކޫލުގެ އޮފީސް ހިމެނޭ އިމާރާތުގެ ބައެއް ކުޑަދޮތުތައް އެލްމެނިއަމް ދޮރަށް ބަދަލުކުރުމަށް ބޭނުންވެއެވެ.

              ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ  ފަރާތްތަކުން، 05 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ޑިސެމްބަރ 2019 ވާ އަންގާރަ  ދުވަހުގެ 10:30 އަށް  ބީލަން ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                   މިމަސައްކަތަށް އަންދާސީހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލްގެ ނަމްބަރ 7952907 ފޯނާ ގުޅުއްވުން އެދެމެވެ.

             28 ރަބީޢުލްއައްވަލް 1441

              25 ނޮވެމްބަރ 2019

25 ނޮވެންބަރު 2019
ހޯދާ