އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:            ސީނިއާ އެޑްމިނސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:        J-116597

ބޭނުންވާ އަދަދު:         01  

މަޤާމުގެ ގިންތި:         ދާއިމީ

މަޤާމުގެ ރޭންކް:         އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:      ސީނިއާ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:    އިސްކަންދަރު ސްކޫލް

މުސާރަ:            -/6295

ސަރވިސް އެލެވަންސް:       -/2000

އެހެނިހެން އެލަވަންސް: 

 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

4. ސިވިލް ސަރވިސް ޤަވާއިދުގައި ވާގޮތުގެ މަތިން އެހެނިހެން އެލަވަންސްތައް.

5. ސަޕޯޓިންގް ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/900

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީއިން ސްކޫލަށް ވެއްދުމަށް ފޮނުވާ ދަރިވަރުންނަށް އެޑްމިޝަން ފޯމް ދޫކުރުން. އަދި އެޑްމިޝަން ފޯމް ބަލައި ގަންނައިރު ބޭނުންވާނެތަކެތީގެ މައުލޫމާތު ބެލެނިވެރިޔާއަށް ދިނުން.
  2. ސްކޫލުން ވަކިވާ ދަރިވަރުންގެ މަޢުލޫމާތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވާ އަދި އެދަރިވަރުންގެ ރިކޯޑް ބެލެހެއްޓުން.
  3. ދަރިވަރުން ބަދަލުކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސިޓީ އައުމުން އެހެން ސްކޫލަކަށް ބަދަލުވާ ދަރިވަރަކުނަމަ ރެޖިސްޓްރީ އިން އުނިކޮށް އެ މަޢުލޫމާތު ކަމާއި ބެހޭ ފަރާތްތަކަށް އެންގުން.
  4. ސްކޫލް ނިންމާ ދަރިވަރުން ގެ ތައުލީމީ ރިކޯޑްތައް ކޮމްޕިއުޓަރައިޒް ކުރުން.
  5. ދަރިވަރުންނަށް ދެވޭ ޓެކްސްޓް ފޮތްތަކާބެހޭ އެންމެހާ ކަންތައްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ލަފާގެމަތިން ބެލެހެއްޓުން.
  6. މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ބޭނުންފުޅުވެއްޖެނަމަ ދަރިވަރުންނާއި ބެހޭ މައުލޫމާތު ފޯރުކޮށް ދިނުން.
  7. ދަރިވަރުންނާ ބެހޭ ގޮތުން ސްކޫލްގެ އާކައިވް ކުރެވޭ ތަކެއްޗާއި ބެހޭ ރިކޯޑްތަކާއި އެތަނުގެ އިންވެންޓްރީ ބެލެހެއްޓުން.
  8. ކުދިންގެ ރެޖިސްޓްރީ ފުރިހަމަކޮށް ބެލެހެއްޓުން.
  9. ސެކްޝަންގެ އިސްމުވައްޒަފެއްގެ ގޮތުން އަންނަސިޓީތަކަށް ޖަވާބުދާރީވުން އަދި ބޭނުންވާ ފައިލްތަކާއި ފޮތްތައް ހެދުން.
  10. މީމިސްގެ ސިސްޓަމް މެދުވެރިކޮށް ދަރިވަރުންގެ ރެޖިސްޓްރީ ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ކުރެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައިމަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ކުރެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:   އެޑްމިނިސްޓްރޭޝަން

ތައުލީމީ ރޮނގުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓް
  3. ޕަބްލިކް އެޑްމިނިސްޓްރޭޝަން 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

  (ހ)  ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  05 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13.00  ގެ ކުރިން، އިސްކަންދަރު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް­ [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަވިއު

ހ. މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިންޓަވިޔުއޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަސްތެރޭގައި އެންގޭނެއެވެ.މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ސްކޫލުގެ  ނަންބަރު 3323244 ފޯނަށް ގުޅުއްވުން އެދެމެވެ.

29 ރަބީޢުލްއައްވަލް 1441

26 ނޮވެންބަރު 2019
ހޯދާ