ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޅ.ހިންނަވަރު އިންޖީނުގޭ ބޮޑުކުރުމާއި ގުދަނެއް ޢިމާރާތް ކުރުމާއިގުޅޭ:

 

ނަންބަރު: FNK-I/IUL/2019/241  

 

އިޢުލާން

ޅ.ހިންނަވަރު އިންޖީނުގޭ ބޮޑުކުރުމާއި ގުދަނެއް ޢިމާރާތް ކުރުމާއިގުޅޭ:

 

      މިކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ޅ.ހިންނަވަރު އިންޖީނުގޭ ބޮޑުކުރުމުގެ އެންމެހާ މަސައްކަތާއި ގުދަނެއް ޢިމާރާތް ކުރުމުގެ އެންމެހާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތައް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

26 އިން 28 ނޮވެމްބަރ 2019

09:00 އިން 14:00

އަންދާސީ ހިސާބު ހުށަހެޅުން

08 ޑިސެމްބަރ 2019

13:00 މެންދުރު

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް

04 ޑިސެމްބަރ 2019

14:00 މެންދުރު

      މި މަސައްކަތާއި ގުޅުންހުރި ލިޔެކިޔުންތައް ބިޑްގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ޙިއްސާކުރެވޭނެކަމުގައި ދަންނަވަމެވެ.

      ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

28 ރަބީޢުލްއައްވަލް 1441

25  ނޮވެމްބަރ  2019

 

25 ނޮވެންބަރު 2019
ހޯދާ