ދިވެހިރާއްޖެ
އިޢުލާން |
މި އޮތޯރިޓީން ދޭ މަޢުލޫމާތާއި ޑިޒައިނާއި އެއްގޮތަށް މި އޮތޯރިޓީގެ 2020 ވަނަ އަހަރުގެ ކަލަންޑަރު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 13 ނޮވެންބަރު 2019 ގައި ކުރި ނަންބަރު IUL)220-AS/1/2019/85) ފުރަތަމަ އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުތަކުގައި މި އޮތޯރިޓީގެ ދެ ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
|
މަޢުލޫމާތު ސާފުކުރުން |
28 ނޮވެންބަރު 2019 |
ބުރާސްފަތި |
14:00 |
|
އަންދާސީހިސާބު ހުށަހެޅުން |
02 ޑިސެންބަރު 2019 |
ހޯމަ |
11:00 |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ޓެލެފޯން ނަންބަރު : 3339513 އަށް ގުޅުއްވުން އެދެމެވެ.
28 ރަބީޢުލްއައްވަލް 1441