ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ މަސައްކަތު މީހަކު ނެގުމާއިގުޅޭ

އިޢުލާން

ވަގުތީ މަސައްކަތު މީހަކު ނެގުމާއިގުޅޭ:

ހއ. ކެލާ ކުނިކޮށި ސާފުކޮށް ބަލަހައްޓާނެ ވަގުތީ މަސައްކަތު މީހަކު 03 މަސްދުވަހުގެ މުއްދަތަށް ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު:              01 މީހުން

މުސާރަ:                    -/2000 ރުފިޔާ ( މަހަކު )

އެލަވަންސް:                 ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

މަސައްކަތުގެ ގަޑި:             04 ގަޑިއިރު ( ދުވާލަކު )

ވަޒީފާއަދާކުރަންޖެހޭ ތަން:         ހއ. ކެލާ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ( ކުނިކޮށި ) / ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ

ޝަރުތު:

-          ލިޔަން ކިޔަން ރަގަޅަށް ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން. ނުވަތަ އެފަދަ މަސައްކަތެއްކުރުމަށް ޞިއްހަތު ސަލާމަތުންހުރި މީހެއްކަމުގައިވުން         

ވަޒީފާގެ މަސްޢޫލިއްޔަތުތަކާއި އެހެނިހެން ކަންތައް:

  1. ފަތްކުނި، ނެޕީ، ގަސްކުނި އެންދުން.
  2. ކުނިކޮށީގައި ހުރި މެޝިނަރީޒް އާއި ހިފާގެންގުޅޭ ތަކެތި ބެލެހެއްޓުން.
  3. ބިއްލޫރިކުނި ވަކިކޮށް ކުނިކޮށީގެ ވަކި ސަރަޙައްދަކަށް ޖަމާކުރުން
  4. ޕްލާސްޓިކު ކުނި އަދި ދަގަނޑު ކުނި ވަކިކޮށް ކުނިކޮށީގެ ވަކި ސަރަޙައްދަކަށް ޖަމާކުރުން ނުވަތަ ޖަމްބޯ ބޭގަށް އެޅުން.
  5. އަދި މިނޫނަސް ކުނިކޮށްޓާއި ކުނިމެނޭޖް ކުރުމުގައި ކައުންސިލުން އަންގާ މަސައްކަތްތައް ކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭފޯމް (ފޯމް ކެލާ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށްއެދޭ ފަރާތްތަކުގެ ޢަދަދު 01 ފަރާތަށްވުރެ އިތުރުވާނަމަ އެންމެ ޤާބިލް ފަރާތެއް ހޮވުމަށް އިންޓަވިއުއެއް ބޭއްވޭނެވެ. އަދި ބޭއްވޭ އިންޓަވިއު އޮންނާނީ 01 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހު ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލު އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލު އިދާރާއަށެވެ. މި ވަޒީފާއަށްއެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

އިތުރު މަޢުލޫމާތު ހޯދުން:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވެލައްވާނަމަ، ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާގެ ފޯނު ނަންބަރ: 6500027 އާއި ގުޅުއްވުން އެދެމެވެ.

24 ނޮވެމްބަރ 2019

24 ނޮވެންބަރު 2019
ހޯދާ