މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ވެހިކަލްތަކުގެ އެއަރ ކޮންޑިޝަންތައް އަމިއްލަ ތަކެތީގައި 1 އަހަރު ދުވަހުގެ މުއްދަތަށް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި ކުންފުނީގެ ވެހިކަލްތަކުގެ އެއަރ ކޮންޑިޝަންތައް އަމިއްލަ ތަކެތީގައި 1 އަހަރު ދުވަހުގެ މުއްދަތަށް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން  މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފު ކުރެއްވުން

     އަންދާސީ ހިސާބު ހުށަހެޅުއްވުން

27 ނޮވެމްބަރު 2019 ވާ ބުދަ ދުވަހުގެ 11:00

05 ޑިސެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00

 މިކަމަށް އެދި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

24 ނޮވެންބަރު 2019
ހޯދާ