ދިވެހިރާއްޖެ
ފުވައްމުލައް ލޯކަލް މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ދޫކުރުމަށްޓަކައި ކުރެވުނު އިޢުލާން (ނަންބަރު:(IUL)468-LID/INDIV/2019/54 ) ބާތިލުކޮށް އަލުން މާރުކޭޓްގެ ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ފުވައްމުލަކު ލޯކަލް މާރުކޭޓުގެ ގޮޅިތައް ކުއްޔައް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް ބިލްޑިންގ ސެކްޝަން (ކުރީގެ މާދަޑު ކައުންސިލް) ގެ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 09 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން ސިޓީ އަކުން ބޭނުންވާ ގޮޅީގެ ނަންބަރު ޖައްސަވާފައި ހުށަހެޅުއްވުން އެދެމެވެ.
ކޮންމެ ސިޓީ އަކުން ހުށެހެޅޭނީ 1 ގޮޅިއަށެވެ. އެއް ގޮޅިއަށްވުރެ އިތުރަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ވަކިވަކި ސިޓީ އިން ހުށަހެޅެއްވުންއެދެމެވެ. އަދި އެއްގޮޅިއަކަށް އެއްފަރާތަށްވުރެ ގިނަ ފަރާތުން ހުށަހަޅާފައިވާނަމަ ގޮޅިތައް ދޫކުރާނީ ގުރުވަތުންނެވެ.
އިތުރުމަޢުލޫމާތު ބޭނުންވެލައްވާނަމަ ނަންބަރު 6860041 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.