ދިވެހިރާއްޖެ
މި ކުންފުނިންދޭ ސްޕެސިފިކޭޝަންއާއި އެއްގޮތަށް އައްޑު އަތޮޅު ފޭދޫ އަދި ހުޅުމީދޫގައި ފްލޯޓިންގ ޕްލެޓްފޯމްތަކެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެ ކުރެވުނު IUL)113-PRC/I/2019/125) ނަމްބަރު އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށައަޅާފައި ނުވާތީ، އެ އިއުލާން ބާތިލުކޮށް އަލުން އިއުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްްވާ ފަރާތްތަކުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން މި ކުންފުނީގެ ހެޑް އޮފީހުންނާއި ސަދަން ޓްރާސްޕޯޓް ލިންކް (ފޭދޫ) ޔުނިޓުގައި ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފު ކުރެއްވުން |
އަންދާސީ ހިސާބު ހުށަހެޅުއްވުން |
27 ނޮވެމްބަރު 2019 ވާ ބުދަ ދުވަހުގެ 14:00 |
04 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 14:00 |
މިކަމަށް އެދި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.