ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން ( އައި.އެލް.އޯ ) ގެ 100 ވަނަ އަހަރީ ދުވަހާ ގުޅިގެން، ސަރުކާރުން އައި.އެލް.އޯ އާއެކު އެމް.އޯ.ޔޫ އެއް ގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމް.އޯ.ޔޫ ގައި ސޮއިކުރުމާއި ސެންޓިނަރީ ފާހަގަކުރުން 16 ޑިސެމްބަރު 2019 ވާ ހޯމަ ދުވަހު ނެޝަނަލް އާޓް ގެލަރީގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ރަސްމިއްޔާތުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ޝައުގުވެރިވާ އިވެންޓް މެނޭޖްކުރާ ފަރާތްތަކުން އަންދާޒީ ހިސާބު ހުށަހެޅުމަށް ހުޅުވާލަމެވެ.
މި އިޢުލާނާއި ގުޅޭގޮތުން މަޢުލޫމާތު ސެޝަން އޮންނާނީ 26 ނޮވެމްބަރު 2019 ވާ އަންގާރު ދުވަހުގެ 11.00 ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިމާރާތުގެ 1 ވަނަ ފަންގިފިލާގައެވެ.
މި އިޢުލާނާއި ގުޅިގެން، އަންދާޒީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ، 1 ޑިސެމްބަރު 2019 ވާ އާދީއްތަ ދުވަހުގެ 12.00 އެވެ. ބީލަމަށް ހުށައަޅާ ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ ބޮޑުތަކުރުފާނު މަގުއި ހުންނަ އިކޮނޮމިކް މިނިސްޓްރީ، 1 ވަނަ ފަންގިފިލާގައެވެ. އަންދާޒީ ހިސާބު ހުށައެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށެވެ. ސުންގަޑީގެ ފަހުން ހުށަޢަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.
ހުށަހެޅުއްވުންތަކުގައި، އަގުގެ ތަފްޞީލާއި އެކު ހިމަނަންޖެހޭ ބައިތައް، ތިރީގައިއެވަނީއެވެ.
ބައިސްކަލް ދުއްވުމުގެ އިވެންޓް |
|
|
|
އިވެންޓް ބާއްވާ ތަނުގެ އިންތިޒާމްތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން (އެމް.އީ.ޑީ) އިން އެދޭގޮތަށް ހަމަޖައްސައިދިނުން.
- 400 މީހުންގެ ބައިސްކަލް ދުއްވުމުގެ އިވެންޓްއަށް އެކަށީގެންވާ ތަނެއް ހަމަޖައްސައި ދިނުން. - ސްކްރީން، އޭވީ ކޮންޓްރޯލް، ސައުންޑް، ލައިޓް، ޕޯޑިއަމް،ސްޓޭޖް އޭރިއާ، މައިކް (ހޭންޑް ހެލްޑް) ބަހައްޓައިދިނުން. - ބެނަރ އަދި ބެކްޑްރޮޕްތައް ޕްރިންޓް ކުރުމާއި ސެޓްއަޕް ހަދައިދިނުން. - އޮން-ސައިޓް އަޝަރސް ހަމަޖައްސައދިނުން. - ވީޑިއޯ ޑިސްޕްލޭ ވޯލްސް/ އިވެންޓް ބޭއްވޭ ތަނުގައި ލެޑް ސްކްރީންސް ބަހައްޓައިދިނުން. ( ސައިޒް 18”9’ ނުވަތަ އެއަށް ވުރެ ބޮޑު ސައިޒުގެ) - 400 މީހުންނަށް ފެން ހަމަޖެއްސުން. - 02 މާސްޓަރ އޮފް ސެރިމޮނީ ހަމަޖެއްސުން. - 400 މީހުންނަށް ތޮފި އަދި ޓީޝާޓް ބެހުމުގެ އިންތިޒާމް ހަމަޖެއްސުން. - ފަސްޓް އެއިޑް / ސޭފްޓީގެ ކަންތައްތައް ހަމަޖެއްސުން. - އޮފިޝަލް ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ އެމް.އީ.ޑީ އިން އެދޭގޮތަށް ހަމަޖައްސައި ދިނުން.
|
އިވެންޓް ބާއްވާ ތަނުގެ އިންތިޒާމްތައް
|
ދިދަ ނެގުން އަދި އެމް.އޯ.ޔޫ ސޮއިކުރުމުގެ ހަފްލާ |
|
16 ޑިސެމްބަރު 2019 ވާ ހޯމަދުވަހު ހެނދު 8.00 އަށް ހަފްލާ ބާއްވާ ތަން ތައްޔާރުކޮށްދެއްވުން. - ދިދަ ނެގުމުގެ ތައްޔާރީތައް. - ވީޑިއޯ ޑިސްޕްލޭ ވޯލްސް/ އިވެންޓް ބޭއްވޭ ތަނުގައި ލެޑް ސްކްރީންސް ބަހައްޓައިދިނުން. ( ސައިޒް 18”9’ ނުވަތަ އެއަށް ވުރެ ބޮޑު ސައިޒުގެ) - 2 ބެނަރ އަދި ބެކްޑްރޮޕްތައް ޕްރިންޓް ކުރުމާއި ސެޓްއަޕް ހަދައިދިނުން. - އިންވިޓޭޝަން ކާޑް ޑިޒައިންކޮށް ޕްރިންޓްކުރުން. - ސްޓޭންޕް ލޯންޗު ކުރުމުގެ އިންތިޒާމް ހަމަޖެއްސުން. - އެމް.އޯ.ޔޫ ސޮއިކުރުމަށް ސެޓަޕް ހަދައިދިނުން. - އޭވީ ކޮންޓްރޯލް، ސައުންޑް، ލައިޓް، ޕޯޑިއަމް، މައިކް (ހޭންޑް ހެލްޑް) އަދި އޮންސައިޓް އިލެކްޓްރޯނިކް މެނޭޖްމަންޓް ހަމަޖައްސައިދިނުން. - ލައިވް މިއުޒިކް ގެ އިންތިޒާމް ހަމަޖެއްސުން. - ކޭކް ބަހައްޓާ އަދި ފެޅުމަށް ސެޓަޕް ހަދައިދިނުން. - އޮފިޝަލް ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ އެމް.އީ.ޑީ އިން އެދޭގޮތަށް ހަމައްސައިދިނުން. |
އިވެންޓް ބާއްވާ ތަނުގެ އިންތިޒާމްތައް – އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ނެޝަނަލް އާޓް ގެލަރީގައި. |
|
ކޭޓަރިންގ |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
މާރކިންގ ކްރައިޓީރިއާ )ޖުމްލަ މާރކްސް 100(
ތަޖްރިބާ - 60 މާރކްސް
މި މަސަކަތްކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތަޖްރިބާ އަށް މާރކްސް ދިނުމުގައި ބަލާނީ، ހުށަހަޅާފައިވާ ފަރާތްތަކުން ހުށައަޅާ ގުޅުން ހުރި ދާއިރާތަކުގެ މަސައްކަތަށެވެ. ގުޅުން ހުރި ދާއިރާކަމުގައި ބެލެވޭނީ އިވެންޓް މެނޭޖްމަންޓްއެވެ.
ކަމާބެހޭ އިދާރާތަކުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުން ހުށައަޅަންވާނެއެވެ. މާރކްސް ދެވޭނީ ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް އެންމެ ގިނަ ގުޅުންހުރި ލިޔުން ހުށަހަޅާ ފަރާތަކީ ބެންޗްމާރކް ކަމުގައި ބަލައިގެންނެވެ.
ހުށަހަޅާފައިވާ އަގު - 40 މާރކްސް
މިބަޔަށް މާކްސް ދިނުމުގައި ބަލާނީ އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކީ ބެންޗްމާރކް ކަމުގައި ބަލައިގެންނެވެ.
އިތުރު މަޢުލޫމާތު ހޯދެއްވުމަށް، މި މިނިސްޓްރީގެ ނަންބަރު 3333153 އަށް ގުޅުއްވުމަށް ދަންނަވަމެވެ.
23 ނޮވެމްބަރު 2019