ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ މަގުމަތިން ދޮރެއްކަޑާ އެތާގެ އެކިއެކި މަސައްކަތް ކުރުން

         

 ސްކޫލްގެ މަގުމަތިން ދޮރެއްކަޑާ އެތާގެ އެކިއެކި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ01ވަނަދަޢުވަތު

  1. މިސްކޫލްގެ މަގުމަތިން ދޮރެއްކަޑާ އެތަނުގައި ކުރަންޖެހޭ އެކިއެކި މަސައްކަތް ކުރުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2019 ނޮވެމްބަރ 21 އިން 2019 ނޮވެމްބަރ 27 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް 2019 ޑިސެމްބަރ 01 ވާ އާދީއްތަ ދުވަހުގެ 11:00އަށް ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ. ނަންނޯޓްކުރެއްވުމަށްފަހު މައުލޫމާތު ނެންގެވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް ބިޑުގައި ބައިވެރިނުވެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

    ބީލަން ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 08 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ކަލާފާނު ސްކޫލްގައެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކަލާފާނުސްކޫލް

މާލެ

ފޯން: 3328991/3326607

އީ-މެއިލް: [email protected]

 

 

23 ރަބީއުލްއާހިރާ      1441

20 ނޮވެމްބަރ         2019

21 ނޮވެންބަރު 2019
ހޯދާ