ދިވެހިރާއްޖެ
އިޢުލާން |
މި އޮތޯރިޓީގައި ބޭނުންކުރާ Xeroxގެ ބައެއް ޕްރިންޓަރުތަކަށް ބޭނުންވާ ޓޯނަރ/ކާޓްރީޖްގެ 1 (އެކެއް) އަހަރު ދުވަހުގެ ސްޓޮކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 13 ނޮވެންބަރު 2019ގައި ކުރެވުނު ނަންބަރު IUL)220-AS/1/2019/81) ފުރަތަމަ އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ އެތަކެތި ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މި އިއުލާނާއިއެކު ދީފައިވާ މައުލޫމާތު ޝީޓުގައިވާ ތަފްސީލާއި އެއްގޮތަށް މި އޮތޯރިޓީއިން ކުރާ އޯޑަރުތަކަށް ތަކެތި ސަޕްލައިކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
އަންދާސީހިސާބު ހުށަހެޅުން |
25 ނޮވެންބަރު 2019 |
ހޯމަ |
11:00 |
އަންދާސީހިސާބު ތައްޔާރު ކުރައްވަން ވާނީ މި އިޢުލާނާއި އެކު އެޓޭޗް ކޮށްފައިވާ މަޢުލޫމާތު ޝީޓަށް ސަމާލުކަން ދެއްވައިގެންނެވެ. މައުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ޓެލެފޯން ނަންބަރު : 3339513 އަށް ގުޅުއްވުން އެދެމެވެ.
23 ރަބީޢުލްއައްވަލް 1441 |