އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
ތަރުޖަމާނުން ހޯދުން

މިކޯޓުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ތިރީގައި މިވާ ބަސްތައް ދިވެހިބަހަށް ތަރުޖަމާކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ.

  1. އިނގިރޭސި ބަސް
  2. ބަނގުލަދޭޝް ބަސް
  3. އުރުދޫ ބަސް
  4. މަންމަން ބަހުރުވަ ނުވަތަ ސައިން ލެންގްއޭޖް

މި މަސައްކަތުގައި ތަރުޖަމާނު ހޭދަކުރާ ކޮންމެ ގަޑިއަކަށް -/300ރުފިޔާ ( ތިންސަތޭކަ ރުފިޔާ) މަގުން ހަމަޖެހިފައިވާ އުޞޫލުގެ މަތިން އުޖޫރަ ދެވޭނެއެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ބަހުރުވަތަކުން ލިޔެފައިވާ ލިޔުންތަކާއި އަދި އެބަހުން ދައްކާ ވާހަކަތައް ދިވެހިބަހަށް ތަރުޖަމާކޮށްދިނުމާއި އަދި ދިވެހިބަހުން ދައްކާ ވާހަކަ އާއި ލިޔެފައިވާ ލިޔުންތައް މަތީގައި ދެންނެވިފައިވާ ބަހުރުވަތަކަށް ތަރުޖަމާކުރުމުގެ ޤާބިލްކަން ހުރި، ތަރުޖަމާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 05 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކޯޓަށް ސިޓީ އަކުން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ. މިއިއުލާނަށް އިޖާބަދީ ކުރިމަތިލާ ފަރާތަކީ މަތީގައި ދެންނެވިފައިވާ ހުރިހާ ބަހަކުން ތަރުޖަމާކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތަކަށް ވާކަށް ނުޖެހޭނެއެވެ. ކޮންމެވެސް އެއްބަހަކުން ތަރުޖަމާކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތްތަކަށް މިއުލާނަށް އިޖާބަ ދެވޭނެއެވެ.

20 ނޮވެންބަރު 2019
ހޯދާ