ހޯނޑެއްދޫ ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

 

އިޢުލާން

 

 

ނަންބަރ: GS-203/IUL/2019/27

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ތާރީޚް: 20 ނޮވެމްބަރ 2019

 

މަރާމާތު މަސައްކަތް:-

 

1-   ހޯނޑެއްދޫ ސްކޫލް 3 ކްލާސް ރޫމްގެ ހުރިހާ ކުޑަދޮރުތަކުގެ ތަންޑު، ވައިތަންޑު ބަދަލުކޮށް ކުލާސްރޫމްތަކުގައި ކުލަލުން.

2-   ހޯނޑެއްދޫ ސްކޫލުގެ ސްޓާފްރޫމްގައި ސްޓާފް ފާޚާނާ ހެދުން.

3-   ހޯނޑެއްދޫ ސްކޫލުގެ ކުރީގެ ސުޕަވައިޒަރސްރޫމް ހެލްތްރޫމަކަށް ބަދަލުކުރުން.

 

        ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފާރާތްތަކުން ތިރީގައިމިވާ ތާރީޚްގައި މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

  • މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ނޮވެމްބަރ 21 ން 2019 ނޮވެމްބަރ 26 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 13:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  • މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެމްބަރ 26 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • ބިޑް ހުށަހެޅުން އޮންނާނީ 2019 ނޮވެމްބަރ 28 ވަނަ ދުވަހުގެ 11:00 ގައި ހޯނޑެއްދޫ ސްކޫލުގައެވެ.

         

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު( ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  

 

 

           

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހޯނޑެއްދޫ ސްކޫލް

ފޯން:  7983089

އީ-މެއިލް: [email protected]

20 ނޮވެންބަރު 2019
ހޯދާ