މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފާރމަސޫޓިކަލް އިންފޮމޭޝަން އެލާރޓް

ފާރމަސޫޓިކަލް އިންފޮމޭޝަން އެލާރޓް

 

ފޯލްސިފައިޑް  Suspension Amoxicillin+Clavulanic acid ޑަބްލިއު.އެޗް.އޯގެ އެލާޓް ނަންބަރު(EMP/SAV/Alert : No11.2019)  އާއިގުޅޭ

 

            ބެކްޓީރިއަލް އިންފެކްޝަން ތަކަށް ބޭނުންކުރާ މުޙިއްމު އެންޓިބަޔޮޓިކެއް ކަމަށްވާ (Amoxicillin + Clavulanic acid) ބޭހުގެ ފޯލްސިފައިޑް ބޭސްތަކެއް، އުތުރު އެމެރިކާގެ ޤައުމެއް ކަމަށްވާ ހެއިޓީ ގައި ދައުރުވަމުންދާ ކަމަށް ޑަބްލިއު.އެޗް.އޯގެ ނަންބަރު:EMP/SAV/Alert No11.2019 އެލާޓް އިން ވަނީ އަންގާފައެވެ.

 

            ޕޯޓް ކޮންޓްރޯލްގެ އިމްޕޯޓް ރިކޯޑްސް އާއި މިއޮތޯރިޓީގެ ބެލިބެލުމުން، ދެންނެވިފައިވާ އުފެއްދުންތަކަކީ މި އޮތޯރިޓީގެ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނިފައިނުވާ މެނުފެކްޗަރާރ އެއްކަމުން، މިހާތަނަށް މިބޭހުގެ މިބެޗް ރާއްޖެ އެތެރެވެފަައި ނުވާކަން ކަށަވަރުވެއެވެ.

 

 

1. Augmentin and Amoxicillin Clavulanate Potassium

 

Table 1: Details of the falsified product Augmentin and Amoxicillin Clavulanate Potassium, subject of WHO medical product alert No11/2019

 

 

Augmentin and Amoxicillin Clavulanate Potassium

Product Name

Novopharm Limited and TEVA Pharmaceuticals USA

Stated Manufacturer

35405327A

Batch Number

10/2020

Expiry Date

Augmentin and Amoxicillin Clavulanate Potassium for oral suspension, USP

Declared Active Ingredient

 

 

 

2. Bactoclav

 

Table 2: Details of the falsified product Bactoclav, subject of WHO medical product alert No11/2019

 

 

Bactoclav

Product Name

MYLAN

Stated Manufacturer

BSTU0039

Batch Number

5/2020

Expiry Date

06/2017

Manufacturing Date

Amoxicilline et Clavulnate de potassium pour suspension Orale USP

Declared Active Ingredient

       

 

            

            ނަމަވެސް، ބޭސް ސިޓީއަށް އަމިއްލަ ބޭނުމަކަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް  މިބޭސް އިމްޕޯރޓް ކުރެވިފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ދެންނެވީމެވެ. ބޭސް ސިޓީއަށް ވެސް މިބޭހުގެ މިބެޗް  އެތެރެ ނުކުރެއްވުމަށާއި، ނުވިއްކުމަށާއި ބޭނުން ނުކުރެއްވުމަށް ދަންނަވަމެވެ. އަދި  ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން،  ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް  ޙާއްސަ ސަމާލު ކަމެއްދީގެން ޕޯރޓް ތަކުގައި  ބަލައިފާސް ކުރަމުން  ގެންދާނެ ކަން މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

 

            އަދި މިބޭސް އިމްޕޯޓް ކުރެވި ބޭނުންކުރުމުގެ ހިރާސް ކުޑަ ނަމަވެސް، މިމައުލޫމާތު ބޭސް އިމްޕޯޓް ކުރާ ފަރާތްތަކާއި، ވިއްކާފަރާތްތަކާއި އަދި ބޭނުންކުރާފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

 

            މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކުރައްވާ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަންގެ ހޮޓްލައިން 7200321 އަށް ގުޅުއްވާ މަޢުލޫމާތު ޚިއްސާ ކޮށްދެއްވުން އެދެމެވެ.

19 ނޮވެންބަރު 2019
ހޯދާ