ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
ފުރާޅު ޓިނު ބަދަލުކުރުން

މިސުކޫލުގެ ދެކުނުފަރާތު ބުލޮކުން 3 ކުލާސްރޫމުގެ ޓިނު ބަދަލުކޮއްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

           ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 ނޮވެމްބަރ 2019 (ބުރާސްފަތި) ދުވަހުގެ 10:30 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 28 ނޮވެމްބަރ 2019 ވާ (ބުރާސްފަތި) ދުވަހުގެ 10:30 އަށް ވިޔަފާރި ރަޖިސްޓަރީ ނުވަތަ ޖީއެސްޓީ ސެޓްފިކެޓް އޮތްފަރާތްތަކުން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓް ކެނޑުން އޮންނާނީ  28 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ (އެދުވަހުގެ) 10:35 ގައި އެސްޓިމޭޓް ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ޙާޟިރުގައެވެ. މިބައްދަލުވުމުގައި އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެސްޓިމޭޓުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ.

 

21 ރަބީޢުލްއައްވަލް  1441

18 ނޮވެމްބަރ     2019 

 

 

                                        އަޙުމަދު ޢަބްދުﷲ

                                         ޕްރިންސިޕަލް

18 ނޮވެންބަރު 2019
ހޯދާ