ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޅ. ހިންނަވަރު ޞިއްޙީމަރުކަޒައް އެސިސްޓެންޓް އެކައުންޓްް އޮފިސަރެއްގެ މަޤާމަށް މީހަކު ހޯދުން

 

ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝަވްޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. 

މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ.

އެސިސްޓެންޓް އެކައުންޓް އޮފިސަރ 

މަޤާމް:

J-257961

މަޤާމުގެ ނަންބަރު:

01 ( އެކެއް )

ބޭނުންވާ ޢަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޖީ އެސް 3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޔުނިޓް

ސެކްޝަން  / ޔުނިޓް

ޅ. ހިންނަވަރު ޞިއްޙީމަރުކަޒު

މަޤާމް އޮތް އޮފީސް:

ޅ. ހިންނަވަރު ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން:

4465.00 ރުފިޔާ

މުސާރަ:

1500.00 ރުފިޔާ

ސާރވިސް އެލަވަންސް:

1-      ސަޕޯރޓިންގ ކޯ އެލަވަންސް 700.00 ރ

2-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.

3-      ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް.

އެހެނިހެން އެލަވަންސް:

  • ޞިއްޙީ މަރުކަޒުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ސަރުކާރުގެ މުދަލާއި ފައިސާ ހޭދަކުރުމުގެ ޤަވާޢިދާއި އެއްގޮތަށް ކުރުން
  • ބަޖެޓާއިބެހޭ ހުރިހާ ލިޔެކިޔުންތައް ސަރުކާރުގެ ޤަވާޢިދާއި އެއްގޮތަށް ލިޔެ ރައްކާތެރިކަމާއެކު ބެލެހެއްޓުން
  • ބަޖެޓް ޚަރަދަށް ބޭނުންވާ ފައިސާ އަތޮޅު ހޮސްޕިޓަލް އަދި މިނިސްޓްރީ އޮފް ހެލްތް އާއި ގުޅައިގެން ހޯދުން
  • ބަޖެޓުން ކުރެވޭ ޚަރަދުގެ ރިޕޯރޓްތައް ޤަވާޢިދުން ފޮނުވަންޖެހޭ ތާރީޚަށް އެފަރާތްތަކަށް ފޮނުވުން.
  • ޕެންޝަން ފައިސާ ކަނޑައެޅިފައިވާ ޤަވާޢިދާއި އެއްގޮތަށް ޖަމާކުރުމާއި ރެކޯރޑް ބެލެހެއްޓުން.
  • ކްރެޑިޓް ސްކީމްތަކަށް ދައްކަންޖެހޭ ފައިސާ ޤަވާޢިދުން ދެއްކުމާއި ރެކޯރޑްތައް ބެލެހެއްޓުން.
  • ކުރެވޭ ޚަރަދުތަކަށް އެކިއެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ވީހާވެސް އަވަހަށް ރައްދުކުރުން.
  • ފައިސާ ޚަރަދުކުރުމާއި ބެލެހެއްޓުމުގައި ޞިއްޙީ މަރުކަޒު ހިންގަން އެވަގުތަކު ހުންނަވާ ބޭފުޅެއްގެ މަޝްވަރާއާއި ލަފާ ހޯދުން.
  • މުވައްޒަފުންގެ މުސާރައާއި އުޖޫރަ އާއި އެލަވަންސް އަދި ކޮއްތު ފައިސާފަދަ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތް ޤަވާޢިދުން ދިނުން
  • ޞިއްޙީ މަރުކަޒުތަކުގެ ބަޖެޓް އަދި މުސާރަފައިސާގެ ހުރިހާ ކަމެއް ބެލެހެއްޓުން.
  • އާސަންދަގެ ދަށުން ފައިސާ ލިބޭ ކަންތައްތަކަށް ބިލްހަދާ ކަނޑައެޅިފައިވާ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ފޮނުވާ ފައިސާ ލިބެމުންދޭތޯ ކަށަވަރުކުރުން.
  • އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ، ޤަވާޢިދާއި އެއްގޮތަށް ލިބިގަތުމާއި ޖަމާކުރުން އަދި ރެކޯރޑް ބެލެހެއްޓުން.
  • އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމާއި ނުލިބިފައިވާ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ކްރެޑިޓަށް ޚިދްމަތް ހޯދާ ފަރާތްތަކަށް ހަދާ ބިލްތައް ޗެކްކުރުން
  • ފައިސާ ލިބޭ ކަންތައްތަކުގެ ޑޭޓާބޭސްއެއް އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ބޭންކް އެކައުންޓްތަކުގެ ތަފްޞީލް ޤަވާޢިދުން ބަލަހައްޓާ ޗެކްތައް ބާކީ ކުރުން، އަދި ނަގަންޖެހޭ ފައިސާ ނެގުން.
  • ފައިސާއާއި ބެހޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމާއި ރެޖިސްޓަރ ބެލެހެއްޓުން
  • ޑެއިލީ ޕޭމަންޓް، ކަލެކްޝަން ރިޕޯރޓް ނެގުން
  • ފައިނޭންޝަލް ސްޓޭޓްމަންޓްތައް ތައްޔާރުކުރުން.
  • އަހަރީ ބަޖެޓް ތައްޔާރުކުރުން.
  • ތިޖޫރީ ބެލެހެއްޓުމާއި ތިޖޫރީ ރިޕޯރޓް ތައްޔާރުކޮށް ކަމާއި ބެހޭ ފަރާތްތަކަށް ފޮނުވުން
  • އީ ގަވަރމަންޓް ނިޒާމުގެ ދަށުން ކަމާބެހޭ އެންޓްރީ އަދި ޑިސްޕެޗްގެ މަސައްކަތް ކުރުން.
  • ކޭޝް ފްލޯ ހެދުން
  • އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާގޮތެއްގެމަތިން ކުރުން.
  • ޞިއްޙީ މަރުކަޒުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމާއި އަދި އެހެނިހެން ސެކްޝަންތަކުން ކުރާ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  • ޞިއްޙީ މަރުކަޒުގެ ޢާއްމުއުޞޫލުތަކާއި، ޤަވާޢިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން.
  • މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބްތައް:

-          ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން " ސެކަންޑަރީ ސްކޫލް " ނުވަތަ " ހަޔަރ ސެކަންޑަރީ ސްކޫލް " ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުތުތައް:

-          އެކައުންޓިންގް

-          ފައިނޭންސް

ގުޅޭ ވަޒީފާގެ ދާއިރާތައް:

1-      ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( ވަޒީފާއަށް އެދޭ ފޯމް ޅ. ހިންނަވަރު ޞިއްހީމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mvޑައުންލޯޑް ކުރެވޭނެއެވެ. )

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޟެއްނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢްލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢްލީމު ދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ،

ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތު ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު، އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

-          ތަޢުލީމާ ތަމްރީން:                              %40

-          އިމްތިހާން:                                   %5

-          މަސައްކަތުގެ ތަޖްރިބާ:                           

-          ލިބިފައިވާ ހުނަރު ( އިންޓަރވިއު  / ޕްރެކްޓިކަލްސް ):       %45

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޅ. ހިންނަވަރު ޞިއްޙީމަރުކަޒަށެވެ. ވަޒީފާ އެދޭ ފޯމާއި ލިޔުންތައް އީ މެއިލް ([email protected] ) އަދި ފެކްސް ( 6620217 ) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް   މީހަކު  ހޮވުމަށް  ބޭއްވޭ   އިންޓަރވިއު  އޮންނާނީ 05  ޑިސެމްބަރ 2019 އިން 12 ޑިސެމްބަރ 2019 އާއި ދެމެދު ޅ. ހިންނަވަރު ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން ، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ޝޯޓްލިސްޓް ކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6620265  ނަމްބަރ ފޯނާއެވެ. ފެކްސްކުރާނެ ނަމްބަރަކީ 6620217، އީ މެއިލް ކުރާނީ  [email protected]އަށެވެ.

އިތުރު މަޢްލޫމާތު ހޯދުން:

 

 

16 ނޮވެންބަރު 2019
ހޯދާ