ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފ. މަގޫދޫ އައު އޮފީސް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ނަންބަރު:FNK-I/IUL/2019/254

އިޢުލާން

ފ. މަގޫދޫ އައު އޮފީސް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

މިކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ފ. މަގޫދޫގައި އައު އޮފީސް އިމާރާތެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތައް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

17 އިން 18 ނޮވެމްބަރ 2019

09:00 އިން 14:00

އަންދާސީ ހިސާބު ހުށަހެޅުން

24 ނޮވެމްބަރ 2019

10:00 ހެނދުނު

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް

21 ނޮވެމްބަރ 2019

12:00 މެންދުރު

މިމަސައްކަތާއި ގުޅުންހުރި ލިޔެކިޔުންތައް ބިޑްގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެދުވަހު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެކަމުގައި ދަންނަވަމެވެ.

ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

17 ރަބީޢުލްއައްވަލް 1441

 

14 ނޮވެންބަރު 2019
ހޯދާ