ވ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޓެންޑެންޓް ( ވަގުތީ ) ވ. ކެޔޮދޫ ޞިއްޙީމަރުކަޒު

ވ. އަތޮޅު ހޮސްޕިޓަލް

ވ. ފެލިދޫ / ދިވެހިރާއްޖެ

                                              ނަންބަރު: (IUL)VAH/J4-HC/2019/1

އިޢުލާން

 

          ވ. ކެޔޮދޫ ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި ، ޤާބިލް މީހެކެވެ.

މަޤާމު

އެޓެންޑެންޓް  ( ވަގުތީ )

މުއްދަތު

5  މަސް ދުވަސް

ބޭނުންވާ ޢަދަދު

01  (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ

މަޤާމުގެ ރޭންކް

އެސް އެސް 2

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯރޓް ސްޓާފް  ގްރޭޑް2

މަޤާމު އޮތް އޮފީސް

ވ. ކެޔޮދޫ   ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ވ. ކެޔޮދޫ   ޞިއްޙީ މަރުކަޒު / ވ. ކެޔޮދޫ   

މުސާރަ

-/3470 ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިނާޔަތްތަށް ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތުގެ މަތިން  މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް

1. ޞިއްޙީމަރުކަޒުން ދޮންނަންޖެހޭ ތަކެތި ދޮވުމާއި އިސްތިރިކުރުން .

2. ޞިއްޙީމަރުކަޒުގެ ތެރޭގައި ހުންނަ  ފަރުނީޗަރާއި މެޝިނަރީ، ދޮރާއި ދޮރުފަތްތައް އަދި އެހެނިހެން

ތަކެތި ފޮހެ ސާފުކުރުން.

3. ޞިއްޙީމަރުކަޒުގެ ވޯޑުގެ އެނދުތަކުގެ ތަންމަތި ޤަވާޢިދުން ބަދަލުކުރުމާއި އެނދުތައް ޑިސްއިންފެކްޓްކުރުން.

4. ބަލިމީހުންނަށް ނަރސިންގ ކެއަރ ދިނުމުގައި ނަރުހުން ޙަވާލުކުރާ މަސައްކަތްތައް ކުރުން.

5. ލޭބަރ ރޫމް، ލެބޯޓްރީ ، ޑްރެސިންގ ރޫމް ފަދަ ތަންތަނުން ނައްތާލަންޖެހޭ ކުނި  ދުވަހުން ދުވަހަށް އިންސިނަރޭޓްކުރުން .

6. ބަލިމީހުންނަށް ބޭނުންވާ އިކްވިޕްމަންޓްސް ފަދަ ތަކެތި ދޮވެ ސާފުކުރުން އަދި އެތަކެތި ނަރުހުންގެ ބެލުމުގެ ދަށުން ސްޓެރިލައިޒްކުރުން.

7. ޞިއްޙީމަރުކަޒުގެ ތެރޭގައި ހުންނަ ފާޚާނާތައް ކޮންމެ ދުވަހަކު ސާފުކުރުން.

8. މަސައްކަތު މީހާ ޗުއްޓީނަގާ ހާލަތުގައި މަސައްކަތުމީހާ ކުރާ މަސައްކަތްތައް ކުރުން .

9. އެކިއެކި ބޭނުންތަކުގައި މަރުކަޒަށް އަންނަ މީހުންނާއި ހިތްހެޔޮކަމާއިއެކު މުވާމަލާތުކުރުމާއެކު އެމީހުންނަށް އެހީތެރިވެ މަގުދައްކައިދިނުން.

10. މަރުކަޒުގެ އާންމު އުސޫލުތަކާއި ޤަވާޢިދުތަކަށް ޢާންމުން އިޙްތިރާމުކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި  ދެމެހެއްޓުމަށް މަސައްކަތްކުރުން.

11. ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުން.

12. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި މުވައްޒަފުން ގުޅިގެންކުރާ މަސައްކަތުގަޔާއި އެކިއެކި އިޖުތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވެ އަދި އެހެން މަސައްކަތްތަކުގައި އެހީތެރިވެ އެއްބާރުލުން ދިނުން .

މަޤާމުގެ ޝަރުޠުތައް

1. ލިޔަންކިޔަން އެނގުން ނުވަތަ

2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާސިލްކޮށްފައިވުން

ނޯޓް

    ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދައްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

 

 

ހުށައަޅަންޖެހޭ ލިޔުންތައް

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް

ފޮވުމަށް ބެލެވޭނެ ކަންތައްތައް

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު. ( މި ފޯމް ސިވިލްސަރވިސް ކޮމިޝަނުގެ www.csc.gov.mvވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ . އަދި  ވ. ކެޔޮދޫ  ޞިއްޙީމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ

  ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ

  މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު

  ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

   (ހ) މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު /ލެވެލް  ކަނޑައަޅާފައިވާ ރާޢްޖެއިން ބޭރުގެ މަތީތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ  ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

   (ށ) މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ

  6.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމުރީނު ސެޓުފިކެޓު ތަކުގެ ކޮޕީ

7. ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ ، އެ ސެޓުފިކެޓުގެ ކޮޕީ

8.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

  (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ، އަދާކޮށްފައިވާ ވަޒީފާއަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

 

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

3. ޤާބިލްކަން ކަށަވަރުކުރުމަށް  އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ  21 ނޮވެމްބަރ   2019 ވަނަ ދުވަހުގެ 14.00 ގެ ކުރިން ވ. ކެޔޮދޫ  ޞިއްޙީމަރުކަޒުގެ އޮފީހަށެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމާށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ ނޮވެމްބަރ  މަހުގެ  24 ން  26  އާއި ދެމެދު ވ. ކެޔޮދޫ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚު ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ވ. ކެޔޮދޫ  ޞިއްޙީމަރުކަޒުގެ  6700039 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

 

 

13   ނޮވެމްބަރ     2019

13 ނޮވެންބަރު 2019
ހޯދާ