މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފާނަ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އެކުލަވާލާފައިވާ ގަވާއިދާ ގުޅޭ

ފާނަ މަސްވެރިކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރުމަށް އެކުލަވައިލާފައިވާ ގަވާއިދާ ގުޅޭގޮތުން މަސްވެރިންނާއި މަސްވެރި އާއިލާތަކުން ހުރި ކަންބޮޑުވުންތައް ޙައްލުކުރުމާއި ބެހޭގޮތުން ފާނަ މަސްވެރިންނާއެކު މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ.މުޙައްމަދު ޝައިނީ 4 މާރިޗު 2014 ގައި ފ. ބިލެތްދޫގައި ބޭއްވި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައިވަނީ މަޝްވަރާކޮށްފައެވެ. އަދި އެޖަލްސާގައި މަސްވެރިންގެ ފަރާތުން ގަވާއިދަށް ގެންނަން ފެންނަ އިސްލާޙުތައް މި ހިނގާ މާރިޗު މަސް ނިމުމުގެ ކުރިން ފޮނުވުމަށް ވަނީ އެއްބަސްވެފައެވެ. އަދި މިހުށަހެޅުންތަކަށް ބަލައި، މެރިން ރިސަރޗް ސެންޓަރާއި އަދި މިނިސްޓްރީގެ ފަންނީ ބޭފުޅުންގެ ދިރާސާތަކަށް ރިޢާޔަތްކޮށް ގަވާއިދުގައި ފާނައިގެ ސައިޒު ލިމިޓުތައް މުރާޖަޢާކުރުމަށް ވަނީ ނިންމާފައެވެ.

ފާނަ މަސްވެރިކަމުގެ ގަވާއިދު ތަންފީޛުކުރުމުގައި ފާނަ މަސްވެރިކަންކުރާ ފަރާތްތަކާއި އަދި ފާނަ އެކްސްޕޯޓްކުރާ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުން މުޙިއްމުކަމަށް ފެންނާތީވެއާއި އަދި މަސްވެރިންގެ ހުށަހެޅުންތަކަށް ބަލައި، މެރިން ރިސަރޗް ސެންޓަރާއި އަދި މިނިސްޓްރީގެ ފަންނީ ބޭފުޅުން އިތުރަށް ދިރާސާކޮށް، ފާނަ މަސްވެރިކަންކުރުމާއި އަދި ފާނަ އެކްސްޕޯޓްކުރުމުގެ ގަވާއިދު މުރާޖަޢާކުރުމަށްޓަކައި، އެގަވާއިދު މި ވަގުތަށް ތަންފީޛުނުކުރާ ގޮތަށް ނިންމައި އާންމުކޮށް އިޢުލާންކުރަމެވެ.

12 މާރިޗު 2014
ހޯދާ