މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާ ބެހޭ

އިޢުލާން

 

 

ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާ ބެހޭ

މިހާރަކަށް އައިސް ބައެއް ގޭގެ ފުރާޅުން އަންނަފެން މަގުމަށްޗަށް ދޫކޮށްލާފައިވުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، މަގުތައް ބޭނުންކުރާ ފަރާތްތަކަށް އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައްވަމުން ދާކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ.

 

ވާދޫ ކައުންސިލްއިން އާއްމުކޮށްފައިވާ ގަވާއިދު ނަންބަރު: 2013/R-670 (ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާ ބެހޭ ގަވާއިދު ރ.ވާދޫ) އިން މިކަމަކީ މަނާކުރެވި، އަދި އަދަބު ކަނޑައެޅިފައިވާ ކުށެއްކަން މިފުރުސަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.

 

ވީމާ، އިސްވެދެންނެވުނު ފަދައިން ގޭގެ ފުރާޅުން އަންނަ ފެން މަގުމަށްޗައް އޮހިގެން ދާގޮތަށް ހުރިނަމަ ކުރިއަށްއޮތް 15 ދުވަހުގެ ތެރޭގައި އެކަން އިސްލާހުކުރުމަށް ވާދޫގެ އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރަމެވެ.

12 ނޮވެންބަރު 2019
ހޯދާ