މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އިންހައުސް ކޮށް ޓްރޭނިންގ ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

                                                             އިޢުލާން ނަންބަރު: IUL)471-CDS3/1/2019/288)

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އިންހައުސް ކޮށް ޓްރޭނިންގ ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އިންހައުސް ކޮށް ޓްރޭނިންގ ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރު (IUL)471-CDS3/1/2019/180 (03 އޮކްޓޫބަރ 2019) އިޢުލާންއާއި ގުޅިގެން އެކަށީގެންވާތަރުހީބެއް ލިބިފައިނުވާތީ އަލުން އިޢުލާންކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ޕްރީބިޑް ބައްދަލުވުން

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 07 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި،  މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 12 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން    [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ،

އަމީނީ މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އިންހައުސް ކޮށް ޓްރޭނިންގ ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

އިޢުލާނު ނަންބަރު:   IUL)471-CDS3/1/2019/288)

 

                                                                  07 ރަބީޢުލްއައްވަލް 1441ހ.

                                                                  04 ނޮވެމްބަރ 2019މ.

.

04 ނޮވެންބަރު 2019
ހޯދާ