މަޤާމް
|
މަސައްކަތު
|
މަޤާމް ނަންބަރު:
|
-
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
-
|
މަޤާމުގެ ކްލެސިފިކޭޝަން:
|
މަސައްކަތު
|
ސެކްޝަން:
|
މުނިސިޕަލް ސަރވިސް ސެކްޝަން
|
ޚިދުމަތް ދޭންޖެހޭ އޮފީސް:
|
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
|
ވަޒީފާ އަދާކުރަންޖެހޭ ވަގުތު:
|
02 ގަޑިއިރު (މަސައްކަތް ކުރަންޖެހެނީ ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިންނެވެ.)
|
މުސާރަ:
|
މަހަކު -/2000 ރ
|
ސާރވިސް އެލަވަންސް:
|
މަހަކު-/500 ރ
|
އިތުރު އިނާޔަތްތައް:
|
އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ ޤަވާޢިދުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.
|
މަސައްކަތުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ރަށުގެ ބަނދަރުގައި، ހުންނަ ޕްލާސްޓިކް ފުޅިތަކާއި ކުނިތައް ނަގައި ސާފްކުރުން.
- ރަށުގެ މޫނުމަތީ ސަރަހައްދުގައި މީހުން އިށީއިނުމަށް ހަދާފައި ހުންނަ ބުރުތަކާއި ފިނިއަށިތައް ސާފުކޮށް ބެލެހެއްޓުން.
- މަސްކަޑަތައް ދޮވެ ސާފުކޮށް ބަލަހައްޓާތޯ ބެލުމާއި، މަހުބޮލާއި،ގޮހޮރާއި އަދި ކުނިވާ ޒާތުގެ ތަކެތި އެޅުމަށް އޮންނަ އުޞޫލާއި ޚިލާފަށް އެއްވެސް ފަރާތަކުން އަމަލު ކުރާނަމަ އެކަން ވަގުތުން ހުއްޓުވުމަށް ހަމަޖެހިފައި އޮންނަ އުޞޫލުން މަސައްކަތް ކުރުން.
- އިޖްތިމާއީ ސަރަޙައްދު ސާފު ކުރުމުން ނެގޭކުންޏާއި އަދި ރަށުގެ އެކި ސަރަޙައްދުތަކުގައި ބެހެއްޓިފައިވާ ޑަސްބިން ބެލެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަނުގައި ޑަސްބިންތައް ދުވަހުން ދުވަހަށް ނަގައި ކައުންސިލްގެ ރަށު ޕިކަޕުގައި ހަމަޖެހިފައިވާ އުޞޫލުން ކުނިގޮނޑަށް ގެންދިއުމާއި އެތަކެތި ދޮވެ ޑަސްބިން ބެލެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަނުގައި ޑަސްބިންތައް ބެހެއްޓުން.
- ސަރުކާރާއި ރައްޔިތުންގެ އިމާރާތް ތަކުގެ ތެރެއިން މަސައްކަތު މީހުން ހަމަޖެހިފައިނުވާ ތަންތަނުގެގޯތިތަކުގެ ތެރޭގައި ހުންނަ ގަސްތައް ކައުންސިލްގެ އިދާރާއިން އަންގާ ގޮތުގެ މަތިން ބެލެހެއްޓުމާއި އެފަދަ ތަންތނުގައި ބަގީޗާ ހެއްދުމާއި އަދި އެފަދަ ގޯތިތަކާއި އިންވެގެން އޮންނަ މަގުތަކުން ސާފު ކުރަންޖެހޭބައި ސާފުކޮށް ބެލެހެއްޓުން.
- ކައުންސިލްގެ ނަމުގައި ހެދިފައިވާ ޕާކުތައް ބެލެހެއްޓުމާއި އެފަދަ ތަންތަން ދިރުވާ އާލާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި މަސައްކަތު މީހުން ނެތި ބަލަހައްޓަންޖެހޭ ސާރުކާރާއި ރައްޔިތުންގެ ގޯތިތައް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.
- ރަށުގެ މަގުތައް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރަށުގެ އެކި ސަރަޙައްދުތަކުގައި ޤަވާޢިދާއި ޚިލާފަށް ބަހައްޓާފައި ހުންނަ ތަކެތީގެ ކައިރީގައި ބަހައްޓަންޖެހޭ ބޯޑް ބެހެއްޓުމާއި ޤަވާޢިދާއި ޚިލާފަށް ރަށުގެ ވަލަށާއި، އެނޫން ސަރަޙައްދުތަކަށް ކުނިއަޅާ މީހުންގެ މަޢުލޫމާތުތައް ކައުންސިލްގެ އިދާރާއަށް ރިޕޯޓް ކުރުމާއި، އަދި ވަގުތީ އޮޑިހަރުގެ ތަކުގައި ކުރާ މަސައްކަތްތައް ކުރަމުންގެންދަނީ އެގްރިމެންޓާއި އެއްގޮތަށްތޯ ބަލައި، ހަމަނޫން މަގުން ކުރަމުންގެންދާ މަސައްކަތްތައް ވަގުތުން ހުއްޓުވަން މަސައްކަތް ކުރުން.
- އެކި ރަސްމިއްޔާތާއި މުނާސަބާތައް ބޭއްވުމާއި، އަދި ސަރުކާރުގެ ޓީމުތަކާއި ދިވެހި ދައުލަތުގެ މަތީދަރަޖައިގެ ވެރިންނާއި ބޭރު ޤައުމުތަކުގެ ޑިޕޮލަމެޓިކުން ވަޑައި ގެންނެވުމަށް ހަމަޖެހުމުން އެފަދަ ކަންކަމާއި ގުޅޭކަންކަމާއިގުޅޭގޮތުން އިދާރާއަށް އެހީތެރިވެދީ އެފަދަ މަސައްކަތުގައި ޙަރަކާތްތެރިވުން.
- ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ، ޚައްސަގޮތެއްގައި ޙަވާލުކުރެވޭ ޢާއްމުކޮށް ދިމާނުވާ ޒާތުގެ ބޮޑެތި މަސައްކަތް ތަކުގައާއި ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައް ތަކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާތެރިކަމާއެކު ބަރާބަރަށް އެމަސައްކަތްތައް ކުރުން..
|
މަސައްކަތުގެ ޝަރުޓުތައް:
|
- އަސާސީ ތަޢުލީމް ފެންވަރު ހުރުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
- ޝަރުތު ފުރިހަމަނުވާ ފަރާތްތަކުންވެސް މިކަމަށް އެދި ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވިފައިވެއެވެ. ނަމަވެސް ޝަރުޠު ހަމަނުވާ މީހުން ހޮވާނީ ޝަރުޠު ހަމަވާ މީހުން ނުލިބިއްޖެ ނަމަ މަސައްކަތުގެ ތަޖްރިބާއާއި އިންޓަވިއުގެ މައްޗަށް ބަލައިގެންނެވެ.
- އުމުރުން 18 އަހަރު ނުވާ ކުއްޖަކު މިކަމަށް އެދި ހުށަހަޅާނަމަ ބެލެނިވެރިޔާގެ އިޢުތިރާޟެއް ނެތްކަމުގެ ސިޓީ އޮންނަން ޖެހޭނެއެވެ.
|
މަސައްކަތަށް ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ޙާޞިލް ކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން.
- މަސައްކަތު ޤަބިލްކަން ކަށަވަރު ކުރުމަށް އިންޓަވިއުކޮށްގެން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ޚިދުމަތް ދިނުމަށް އެދޭ ފަރާތުގެ ވަނަވަރު. (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- އެއްބަސް ވުމެއް އޮވެގެން އެއްވެސް ތަނެއްގައި ވަޒީފާއެއް އަދާކުރާނަމަ މި މަސައްކަތަށް ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސްކޫލު ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
- ތަޢުލީމީ ދާއިރާއަކުން ދޫކޮށްފައިވާ އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގޭ ކަމުގެ ލިޔުމެއްގެ ކޮޕީ، ނުވަތަ ގްރޭޑް 7 ނަތީޖާ ޝީޓް
(ހ) އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށް ފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.
|
މަސައްކަތު މީހެއްގެ ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި
|
މަސައްކަތު ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް (ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ)ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަސައްކަތު މީހެއްގެ ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ނޮވެންބަރު 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ. މަސައްކަތުމީހެއްގެ ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ:[email protected] އެވެ. އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:
|
މަސައްކަތު މީހުންގެ ވަޒީފާއަށް އެދޭ ފަރާތްތައް، އިންޓަވިއު ކުރުން އޮންނާނީ 19 ނޮވެންބަރު 2019 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. ވުމާއެކު މިކަމަށް އެދި ކުރިމަތިލާ ފަރާތްތަކުން އެތާރީޚުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
ޝޯޓް ލިސްޓް ކުރުން:
|
މަސައްކަތު ވަޒީފާއަށް އެދި 10 ބޭފުޅުންނަށް ވުރެން ގިނައިން ހުށަހަޅުއްވައިފިނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
މަސައްކަތު މީހެއް ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓިރިއާގެ ހުރިހައިބަޔަކުން ލިބުނު ޕްއިންޓްގެ ޖުމްލަ
|
މަސައްކަތު މީހެއް ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ ހުރިހައި ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅިސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
އިތުރު މަޢުލޫމާތު ސާފް ކުރުމަށް ބޭނުން ފުޅުވާނަ، މިއިދާރާގެ ނަންބަރު (ފޯނު6500013 ) އާއި ގުޅުއްވުން އެދެމެވެ.
|