މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ރެޖިސްޓަރކުރުމުގެ ފުރުޞަތު: ނޭޝަނަލް ކޮންފަރަންސް އޮން ދަ ގްރީން ކްލައިމެޓް ފަންޑް، 13 އަދި 14 ނޮވެމްބަރ 2019، މާލެ

އިޢުލާން

 

މޫސުމަށް އަންނަ ބަދަލުތަކާބެހޭ މަޝްރޫޢުތައް ހިންގުމަށްއެހީދޭ ބައިނަލްއަޤްވާމީ ފަންޑެއް ކަމަށްވާ "ގްރީން ކްލައިމެޓް ފަންޑް" (ޖީ.ސީ.އެފް) ގެ އެހީ ހޯދުމަށް، ރާއްޖޭގެ ފަރާތުން ކުރިއަށް އޮތް 5 އަހަރު ދުވަހު އިސްކަންދޭނެ ދާއިރާތައް ކަނޑައަޅައި  ތައްޔާރުކޮށްފައިވާ 'މޯލްޑިވްސް ޖީ.ސީ.އެފް ކަންޓްރީ ޕްރޮގްރާމް' އަދި ޖީ. ސީ. އެފް. ގެ އެހީއަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްތަކާއި އެކްރެޑިޓޭޝަން ޕްރޮޕޯޒަލްތަކަށް އަމަލުކުރުމުގައި ގެންގުޅޭނެ އުސޫލު ކަނޑައަޅާ 'އެން.ޑީ.އޭ ޕްރޮސީޖަރސް" ފައިނަލް ކުރުމަށް ނޮވެމްބަރ މަހުގެ 13 ން 14 ށް ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި ކަމާބެހޭ ވިހާ ވެސް ގިނަ ފަރާތްތަކަކުން ބައިވެރިވުމަށް ފުރުޞަތު ދިނުމުގެ ގޮތުން، މޫސުމީ ބަދަލުތަކާބެހޭ ދާއިރާގައި ޚަރަކާތްތެރިވާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ މަދަނީ ޖަމާޢަތްތަކާއި ވިޔަފާރިތަކުން މި ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމަށް ދައުވަތު އެރުވީމެވެ.

މިގޮތުން، 5 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ ކުރިން https://forms.gle/E9oLuSoHYhdDXhfw7 މި އެޑްރެހުގައިވާ ފޯމް ފުރިހަމަކުރެއްވުމަށް ފަހު އޮންލައިންކޮށް ސަބްމިޓްކުރެއްވުން އެދެމެވެ. މިގޮތުން ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ރަޖިސްޓްރީކުރައްވާ ކަމާގުޅުންހުރި 20 ފަރާތަށް ކަމުގައި ދެންނެވީމެވެ.

30 އޮކްޓޫބަރު 2019
ހޯދާ