މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

އިޢްލާން

ރުއްގަހުގެ ވެރިފަރާތް ހޯދުން

                  މިރަށު މަސްޖިދުލް ޖުމްޢަ މިސްކިތުގެ ދެކުނު ފަރާތުން އިރުން ހުޅަނގަށް ބަނދަރަށް ދެވޭ ގޮތަށް އައު މަގެއް ހެދުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

                  ވީމާ، އެސަރަޙައްދުގައި ހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގެ މަޢުލޫމާތު (ރުއްގަހުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް، މަޢުލޫމާތު ދޭ ފަރާތުގެ ނަމާއި އެޑްރެސް، ރުއްގަސްހުރި ސަރަޙައްދު އަދި ރުއްގަހުގައި ނޫ ކުލައިގެ ދަވާދުން ޖަހާފައިވާ ނަންބަރު) އެނގޭނޭހެން މިއަދުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މި ކައުންސިލަށް ލިޔުމަކުން އަންގަވައި ދެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މިދެންނެވި މުއްދަތުގައި ކައުންސިލަށް މަޢުލޫމާތު ނުލިބޭ ރުއްގަހުގެ ވެރިފަރާތެއް ނެތްކަމަށް ބަލައި ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

30 އޮކްޓޫބަރު 2019
ހޯދާ